ads
އަފްގާނިސްތާނުގެ އަންހެންކުދިންތަކެއް ސަފު ހަދައިގެން
އަފްގާނިސްތާނުގައި ދޭތެރެ ދުރުކުރުން މަނާކޮށްފި
އަފްގާނިސްތާނުގެ އަންހެނުން ބަލިވެއިނުން ހުއްޓުވުމަށް ބޭސް ކެއުމާ ބޭސް ވިއްކުން މަނާކޮށްފި އެވެ.

މިގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަފްގާނިސްތާނުގެ މައި ދެ ސިޓީއެއްގައި ކޮންޓްރެސެޕްޓިވްސް (ދޭތެރެ ދުރުކުރަން ބޭނުންކުރާ ބޭސް) ވިއްކުން ތާލިބާނުން ވަނީ ހުއްޓާލާފައެވެ. 

ތާލިބާނުން ބުނެފައިވަނީ ދޭތެރެދުރުކުރަން ބޭނުންކުރާ ބޭސްވިއްކުމަށް ކުރާ ކެންޕޭނަކީ "މުސްލިމް އާބާދީ ކޮންޓްރޯލް ކުރުމަށް ހުޅަނގުގެ ރޭވުމެއް" ކަމަށެވެ. 

ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތާލިބާނުން ދޮރުން ދޮރަށް ގޮސް ބިރުދައްކައި، ވިހެއުން ކޮންޓްރޯލްކުރާ ބޭހާއި އެހެނިހެން އާލާތްތައް ނުވިއްކަން ބޭސްފިހާރަތަކަށް ވަނީ އަންގާފައެވެ. 

“ދެފަހަރަކު ބަޑި ހިފައިގެން ފިހާރައަށް އައިސް ކޮންޓްރެސެޕްޓިވް ވިއްކަން ނުބެހެއްޓޭނެ ކަމުގެ އިންޒާރު ދިން. އެމީހުން ގަވާއިދުން ކާބުލްގެ ކޮންމެ ބޭސްފިހާރައެއް ޗެކް ކުރަމުންދޭ އަޅުގަނޑުމެން މިވަނީ އުފެއްދުންތައް ވިއްކުން ހުއްޓާލާފައި،” ފިހާރައިގެ ވެރިއަކު ގާޑިއަންއަށް ބުންޏެވެ.

މީގެއިތުރުން ފޫޅަމައިންނަށްވެސް ދޭތެރެ ދުރުކުރުމާގުޅޭ ގޮތުން މައުލޫމާތު ނުދިނުމަށްވެސް ވަނީ އަންގާފައެވެ. 

ތާލިބާނުން އެގައުމުގެ ވެރިކަމަށް އައީ އެމެރިކާގެ ސިފައިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެގައުމުން ފޭބުމާއެކުއެވެ.  

ވެރިކަމަށް އައިފަހުން ތާލިބާނުން ވަނީ އަންހެން ކުދިންގެ މަތީ ތައުލީމު ދިނުން މަނާކޮށް އަންހެންކުދިންގެ ޔުނިވާސިޓީތައް ވެސް ބަންދުކޮށްފައެވެ. މޫނު ބުރުގާ ނާޅާ އަންހެނުން މަގުމައްޗަށް އެކަނި ނުކުތުން ވެސް ވަނީ މަނާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް