ads
ރައީސް ސޯލިހް އަދި ރައީސް ނަޝީދު
ޕްރައިމަރީ ބާތިލުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި: ދިޔާނާ
އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދިނުން އެދި ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައިގެންފައިވާ ކަމަށް އެ ކަންތަކުގައި އިސްކޮށް އުޅުއްވާ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ އަލުން ބާއްވައިދިނުން އެދި ރައީސް ނަޝީދުގެ ފަޅިން ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި އެމްޑީޕީގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ހާމިދު އަބްދުލްގަފޫރެވެ.

ނަޝީދުގެ ފަޅިން ހުށަހެޅި މި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. 

ޕްރައިމަރީއާ ގުޅިގެން ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައިގެންފައިވާ ކަން ދިޔާނާ ހާމަކުރެއްވީ ޓްވީޓާގައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. މި އިންތިހާބުން ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އެއީ، ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ. އެހެންނަމަވެސް ރިޔާސީ ޓިކެޓް މިހާރުވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ފާސްކުރުމާ އެއް ގޮތަށް ރައީސްވަނީ މަސައްކަތްވެސް ފަށްޓަވާފައެވެ.

އިންތިހާބާ ގުޅޭ މައްސަލަ އެންމެ ފަހުން ކޯޓާ ހިސާބަށް ދިޔައިރު، އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތްޕުޅުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް