ads
ފްލޯޓިން ސިޓީގެ ގެއެއް ފަޅުގައި ބަހައްޓާފައި: ފޮޓޯ ބައިސަން މޯލްޑިވްސް
ފްލޯޓިން ސިޓީގެ ތަފްސީލް ނޭނގޭކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ
މާލެ އަތޮޅުގައި ނެދަލޭންޑްސްގެ ކުއްފުންޏަކުން ތަރައްގީ ކުރަމުންދާ ފްލޯޓިން ސިޓީގެ މަސައްކަތް ކުރިއަށްދާގޮތުގެ މާބޮޑު ތަފްސީލެއް އެނގިވަޑައި ނުގަންނަވާކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
Advertisement

ފްލޯޓިން ސިޓީގެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޑަޗް ޑޮކްލޭންޑްސް ކުންފުންޏާއި ހަވާލުކުރި މަޝްރޫއެކެވެ.

އެމަސައްކަތް ހުއްޓިފައިވަނިކޮށް އަލުން އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާ އެކުންފުންޏާއި އެކު މި ސަރުކާރުންވެސްވަނީ މާޗް 2021 ގައި އެއްބަސްވުމެއް އެކުލަވާލާފައެވެ. 2010 ވަނަ އަހަރު މި މަޝްރޫއު އެކުންފުންޏާއި ހަވާލުކުރި އިރުވެސް ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަސްލަމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުންވަނީ ފްލޯޓިން ސިޓީ ހެދުމަށް ކިތައްފަޅު ދޫކުރިތޯއާއި، އެމަސައްކަތް ކުރިއަށްދަނީ ކިހިނެއްތޯ ސާފުކުރުމަށް މިނިސްޓަރު އަސްލަމްއާއި ސުވާލު ކުރައްވާފައެވެ.

އަދި މަޖިލީހުގެ ރައީސް ކަމުގައި އިންނެވި ރައީސް މުހައްމަދު ނަޝީދުވެސް މިއަދުވަނީ ފްލޯޓިން ސިޓީއާއި ގުޅޭގޮތުން މެމްބަރުން ކުރައްވާ ސުވާލުތަކަށް ވީހާވެސް ތަފްސީލްކޮށް ފުރިހަމަ ޖަވާބެއް ދެއްވުމަށް މިނިސްޓަރު އަސްލަމް އަރިހުން އެދިވަޑައިގެންފައެވެ. އަދި ފްލޯޓިން ސިޓީއާއި ގުޅޭ ހުރިހާ ތަފްސީލެއް އަސްލަމަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ "ހަނދާންވަނީ އެ މަޝްރޫއަށް އެއް ފަށު ނުވަތަ ދެ ފަޅު ދިންކަމަށް" ކަމަށެވެ. އަދި އެތަނުގެ ގެތަށް އެޅުމަށް ރާއްޖެގެ ކުންފުންޏަކާއި ހަވާލުކުރިކަން އެނގިވަޑައިގަންނަވާކަމަށް އަސްލަމް ވިދަޅުވިއެވެ.

ނަމަވެސް އެ މަޝްރޫއަކީ ސީދާ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ މަޝްރޫއެއް ނޫންކަމަށް ވުމުން އެކަމުގެ ތަފްސީލީ މައުލޫމާތު އެނގިވަޑައިނުގަންނަވާކަމަށްވެސް އަސަލަމް މިއަދު ވިދާޅުވިއެވެ.

ކ އާރަށް ކައިރީގެ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރުމަށް ނިންމާފައިވާ ފްލޯޓިން ސިޓީގައި 5000 ހައުސިންޔުނިޓާއި ހޮސްޕިޓަލާއި ސްކޫލާއި އާއްމު ހިދުމަތްތައް ގާއިމްކުރާނެކަމަށް ކުރިން ބުނެފައިވެއެވެ.

އެ ސިޓީގެ ފުރަތަމަ މޮކަޕް އެކޮމަޑޭޝަން ބްލޮކް މިހާރު އެފަޅަށް ގެންގޮސްފައިވާއިރު މޮކަޕްދައްކާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ކުންފުނިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް