ކަންގަނާގެ ރުޅިގަނޑު މި ދެ ތަރިންނަށް ބާލާފައިވަނީ އެނާގެ އެންމެ ފަހުގެ ފިލްމު 'އެމަޖަންސީ' އަޅުވާދުވަހު އަމީތާބް އާއި ޓައިގާ އަދި ކްރިތީ ސެނޮންގެ ފިލްމު 'ގަނަޕަތް' އެޅުވުމަށް ނިންމާފައިވާތީއެވެ.
މި ދެ ފިލްމު ވެސް ތިއޭޓަރަށް އަންނާނެކަމަށް އިއުލާނުކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ކަންގަނާ ބުނީ އޭނާގެ ފިލްމު އަޅުވާ ދުވަސް މިހާރު ބަދަލުކޮށްފައިވާކަމަށެވެ. އަދި ދެން ފިލްމު އަޅުވާ ދުވަސް އިއުލާނު ކުރާނީ އެއް މަސް ދުވަސްކުރިން ފިލްމުގެ ޓްރެއިލަރާ ވެސް އެކުކަމަށެވެ.
މިފަދަ ތުހުމަތުތަކެއް ކަންގަނާ އަމީތާބް އަށް ކުރި ނަމަވެސް، 2019 ވަނަ އަަހަރު އަމީތާބް ބުނެފައިވަނީ ކަންގަނާއަކީ އިންޑިއާގައި ހުރި އެންމެ މޮޅު އާޓިސްޓުކަމަށެވެ.