ads
މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެެރިވަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ:އަޔާދީ ތަކާފުލް
ގެސްޓްހައުސްތަކާ އެކު ގުޅުން ވަރުގަދަ ކުރުމަށް އެލައިޑްގެ އަޔާދީން ހަރަކާތެއް
މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

'ގެސްޓްހައުސް ނެޓްވޯކިން ލަންޗިއަން' ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ގެސްޓްހައުސް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

އެ ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ގެސްޓުހައުސްތަކާ އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ފަރާތްތަކަށް އިންޝުއަރެންސްގެ ފައިދާ ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުން ކަަމަށް އަޔާދީން ބުނެފައިވެއެވެ.

އަޔާދީން ބުނެފައިވާ ގޮތުގައި އެ ހަރަކާތުގެ ތެރެއިން ލިބުނު ހިޔާލުތަކަށް ބިނާކޮށް، ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ ކަމުގައެވެ.

އެ ހަރަކާތުގެ ތެރެއިން، ސޯޝަލް މީޑިއާގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާ ގުޅޭގޮތުން އެލައިޑުގެ ސީސީއޯ ޔޫލިއަނާ ރުސޭއި މައުލޫމާތު ދެއްވާފައިވެއެވެ.

your imageހަރަކާތުގެ ތެރެއިން ލިބުނު ހިޔާލުތަކަށް ބިނާކޮށް، ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެ ކަމަށް އަޔާދީން ބުނެފައިވޭ - ފޮޓޯ:އަޔާދީ ތަކާފުލް

ގެސްޓްހައުސް ތަކާފުލްގެ ނަމުގައި ގިނަ ކަވަރޭޖުތަކެއް ހިމެނޭ ޕްލޭންތަކެއް އަޔާދީ ތަކާފުލްއިން ދަނީ ފޯރުކޮށްދެމުންނެވެ. ތިން ގިންތިއަކަށް ބަހާލައިގެން ދެމުން އަންނަ އެ ހިދުމަތްތަކަކީ އަގުގެ ގޮތުންނާއި ކަވަރޭޖުގެ ގޮތުން ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް