ads
ފައްޔާޒު އަދި އިބްރާ
އިބްރާއާއި ފައްޔާޒު: ދެބެން މި ތޮޅެނީ ކީއްވެ؟
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއީލްއަށް، ކޮށްކޮ، އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ސޯޝަލް މީޑިއާގައި މިއަދު ރައްދު ދެއްވައިފި އެވެ.
Advertisement

ޓްވިޓާގައި ފައްޔާޒު އިބްރާއަށް ރައްދިދެއްވީ ބަގީޗާގޭ މުމައްމަދު މުއިއްޒު އަދުނާން ޓްވިޓާއާށް ދޫކޮށްލެއްވި ސިޔާސީ ވާހަކަ ފުޅަކަށް އިބްރާ ކުރެއްވި ކޮމެންޓަކާއި ގުޅިގެންނެވެ.

"މެމްބަރުން ގިނަޔަސް، އެމް.ޑީ.ޕީ. އަކީ ވަރަށް ނިކަމެތި ޕާޓީއެއް.އެހެންވީމަތާ، އެކަނި ނުކުމެ ރިޔާސީ އިންތިޚާބު، ފުރަތަމަ ބުރުން ކާމިޔާބު ނުކުރެވޭނެކަން ޤަބޫލުކޮށް، ކާމިޔާބުކޮށް ދެވޭނެ ފަދަ އާރާއި ބާރުހުރި ޕާޓީތަކާ ކޮއެލިޝަން ހަދަން ޕާޓީގެ ލީޑަރުން އަވަސްއަރުވާލައިގެން އެއުޅެނީ" މުއިއްޒު ޓްވިޓާގައި ވިދާޅުވިއެވެ.

މިއާއި ވިދިގެން އިބްރާ ވިދާޅުވީ ދެވަނަ ބުރުންވެސް އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް ޕާޓީގެ އިސް ލީޑަރު ވިދާޅުވާކަމަށެވެ. އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

"ފުރަތަމަ ބުރެއްނޫން. ދެވަނަ ބުރުންވެސް ނުވާނެކަމަށް ޕާޓީގެ އިސް ލީޑަރ އެވިދާޅުވަނީ. އެހެންކަމަށް ވާނަމަ، ދެވަނަބުރުން ކާމިޔާބު ކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ؟" އިބްރާ ވިދާޅުވިއެވެ.

އިިބްރާަގެ މި ކޮމެންޓާއި ގުޅިގެން ފައްޔާރުވަނީ އިބްރާއަށް ރައްދު ދެއްވާފައެވެ. ފައްޔާޒުއަކީ ސިޔާސީ ކަންކަމުގައި މީގެކުރިން މިހާ ފާޅުކަން ބޮޑުގޮތެއްގައި އާއިލީ ބޭފުޅަކަށް ރައްދުދެއްވި ބޭފުޅެއް ނޫންނެވެ.

އިބްރާއަށް ރައްދުކޮށް ފައްޔާޒު ވިދާޅުވީ ދުވަސްވެފައި ހުއްޓަސް ވިސްނުން ކޮށީކަމަށެވެ. ނުވަތަ ހިތުގައި އޮތް ނަފުރަތު މާ ބޮޑީކަމަށެވެ.

އެމްޑީޕީން އެހެން ޕާޓީތަކާއި ކޯލިޝަން ހެދުމަށް މަސައްކަތް ކުރާތީ އިބްރާ ފާޑުވިދާޅުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެމްޑީޕީއާއި ކޯލިޝަން ހެދުމަށް އަދާލާތު ޕާޓީއާއި އެމްޑީއޭއިން މިހާރުވަނީ ނިންމާފައެވެ.

63%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް