ads
ހަކަތަ އުފައްދައި ވިއްކުމަށް ބޭނުންކުރާ އެންމެހާ ފެސިލިޓީތައް ގާއިމުކުރަންވާނީ އޮތޯރިޓީން ފާސްކޮށްދީފައިވާ ފަރުމާތަކާ އެއްގޮތަށް ކަމަށް ވަނީ ބުނެފައި - ފޮޓޯ:ހާޓްސް
ހާއްސަ ލައިސަންސަކާ ނުލާ ހަކަތައިގެ ހިދުމަތް ދިނުން މަނާކޮށްފި
ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރާ ފެސިލިޓީތަކުން ލައިސަންސް ނުވަތަ ހުއްދަ ނުހޯދާ ހަކަތަ އުފައްދައި ބޭނުންކުރުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ގެޒެޓުކުރި 'ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވައިދު' ގައި ބުނެފައިވަނީ އަމިއްލަ ބޭނުމަށާއި ވިޔާފާރީގެ ބޭނުމަށް ހަކަތަ އުފައްދައި، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް، ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ސާފުކުރުމާއި ގުދަންކުރުމާއި ވިއްކުމަށް ބޭނުންކުރާ އެންމެހާ ފެސިލިޓީތައް ގާއިމުކުރުމުގެ ކުރިން އެ ތަންތަނާއި ތަކެތި ފަރުމާކޮށް އެ ފެސިލިޓީތަކުގެ ޑިޒައިން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފާސްކުރަންވާނެ ކަމަށެވެ.

އެގޮތުން، ހަކަތަ އުފައްދައި ވިއްކުމަށް ބޭނުންކުރާ އެންމެހާ ފެސިލިޓީތައް ގާއިމުކުރަންވާނީ އޮތޯރިޓީން ފާސްކޮށްދީފައިވާ ފަރުމާތަކާ އެއްގޮތަށް ކަމަށާއި ފާސްކޮށްފައިވާ ފަރުމާއަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ގެނައުމުގެ ކުރިން އޮތޯރިޓީން ފާސްކުރަން ވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދާ ހަކަތައިގެ ފެސިލިޓީތަކާއި އުޅަނދުފަހަރު، ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަން ވާނެ ކަމުގައެވެ.

އެހެންނަމަވެސް، ހަކަތައިގެ ހިދުމަތް ނުލިބޭ ނުވަތަ މިފަދަ ހިދުމަތަކަށް ބަރޯސާ ނުވެވޭ ފަދަ ހާއްސަ ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެސިލިޓީއެއް ނުވަތަ އެއިން ބައެއް ބޭނުން ކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް