ads
ތ ބުރުނި
ރުކެއް ނަގަނިކޮށް ޖެހި މީހަކު މަރުވެެއްޖެ
ތ ބުރުނީގައި އެކްސްކަވޭޓަރަކުން ރުކެއް ނަގަން އުޅުމުގެ ތެރޭގައި ރުކުން ޖެހި މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ މީހެކެވެ. މަރުވި މީހާއާއި އަނިޔާވި މީހުންނަކީވެސް އެމްޓީސީސީ މުވައްޒަފެކެވެ.

ފުލުހުން ބުނީ ތ ބުރުނީގައި ރުކެއް ވައްޓާލައި އެރުށް ފުރޮޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖެހި ހަތަރު މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ހަވީރު 16:44 އެހާއިރު ލިބުނު ކަމަށެވެ. 

މިހާދިސާގައި މަރުވެފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށާއި އަނިޔާވި މީހުންގެ ތެރެއިންވެސް ދެ މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެއެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ.

ފުލުހުން ބުނީ ފަރުވާދިނުމަށް އެމީހުން ފުރަތަމަ ގެންދިޔައީ ބުރުނީ ސިއްހީ މަރުކަޒަށްކަމަށާއި ނަމަވެސް އިތުރު ފަރުވާއަށް ފަހުން ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑާއި އަނިޔާވި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް