ads
ފިހާރައެއްތެރޭ ޒަހަމުކޮށްލައިގެން މަރުވި މުހައްމަދު އަހުމަދު ދީދީ(ނައުއްޓެ)
ފިހާރައެއްތެރޭ ވަޅި ހަރައި ޒަހަމުކޮށްލި މީހާ މަރުވެއްޖެ
މަރުވިއިރު އޭނާގެ އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިބި
މާފަންނު ބީޖީ ގަރާޖު ކައިރި ހުންނަ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމުކޮށްލި މީހާ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗް އިން މިއަދު މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވީ މިއަދު ހެނދުނު 6:45 ގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. 

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު "ކްރާޝާ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރެއަށް ބަޔަކު ވަދެ ހިންގި މާރާމާރީގައި ޒަހަމުކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ، މުހައްމަދު އަހުމަދު ދީދީ(ނައުއްޓެ) އެވެ.

އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅިން ހަމަލާދީފައި ވެއެވެ. ސީރިއަސް ހާލަތުގައި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާތާ ދެ ދުވަސް ފަހުން އޭނާ މިއަދު މަރުވިއިރު ދުނިޔޭގައި އޭނާގެ އަންބަކާއި ދެ ކުޑަ ދަރިން އެބަތިއްބެވެ.

”ސީއެންއެމް“ އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އޭނާ އަކީ އައްޑޫ ސިޓީ ހިތަދޫ އަށް އުފަން މީހެކެވެ. ނަމަވެސް އޭނާ ދިރިއުޅެމުންދިޔައީ އާއިލާ އާއިއެކު މާލޭގައެވެ.

ފިހާރަތެރެއަށް ވަދެ ވަޅި ޖެހީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަހުން މާލޭގައި ހިނގައިދިޔަ މާރާމާރީތަކާއި ކެފޭ އަށް ގެއްލުންދިނުމުގައި ވެސް ޝާމިލުވަނީ ހަމަ އެއްްބައެެއް ކަމަށް ވިދާޅުވި އެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި އޭނާ އަށް ހަމަލާދިނީ ފިހާރަތެރެއަށް ފިލަން ވަދެ ހުއްޓައެވެ. ހަމަލާދިނީ ދެމީހުން ވެގެން ނެވެ. 

މިމައްސަލާގައި ހިމެނޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިމައްސަލަ އާއި ގުޅިގެން 20 އަހަރުގެ ޒުވާނަކު ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. 

8%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް