ads
ތ. ބުރުނީގައި އެމްޓީސީސީން ގޮނޑުދޮށް ހިމާޔަތް ކުރަނީ: ފޮޓޯ އެމްޓީސީސީ
ބުރުނީގައި ހިނގި ނުރައްކާތެރި ހާދިސާގައި ޒަހަމްވި މީހުން މޫސުން ގޯސްވެ މާލެ ނުގެނެވިފައި
ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް ނަގަނިކޮށް ހިނގި ހާދިސާގައި ޒަހަމްވި މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކުރަމުންގެންދާ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން މަޑުޖައްސާލަން ޖެހިއްޖެއެވެ.
Advertisement

މި ހާދިސާ އިއްޔެ ހަވީރު 16:40 ހާއިރު ހިނގާފައިވާއިރު، ހަތަރު މީހަކަށް އަނިޔާވިއެވެ. 

މި ހާދިސާ ހިނގާ ދިޔަގޮތް ފެނުނު ބައެއް މީހުން ބުނަނީ އެކްސްކަވޭޓަރުން މީހެއްގެ ގޭގައި ހުރި ރުކެއް ނެގުމަށްފަހު ރުށް އަނބުރާލި ވަގުތު ކައިރީގައި މަސައްކަތް ކުރަން ތިބި ހަތަރު މީހުންގެ ގައިގައި ރުކުން ޖެހި އެ މީހުން ވިއްސައިގެން ގޮސްފައިވާކަމަށެވެ.

އަދި އެތަަނުން މަރުވި މީހާ ވިއްސައިގެން ދިޔަ ވަގުތުވެސް ރީނދޫ ކުލައިގެ ހޮޑުލައި އަނގައި ލޭ ވެސް އައިކަމަށެވެ. 

އެމީހާ އިއްޔެ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފައިވާއިރު، އިތުރު ފަރުވާއަށް ގެންދިޔަ ތިން މީހުން ގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްއެވެ. އެތަނުން އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު، އަނެކަކުގެ ހަށިގަނޑުގެ ތެރެއިން ލޭ ލީކު ވާތީ ބަނޑުވެސް ވަނީ ވަރަށް ބޮޑަށް ފުފިފައެވެ. 

ބުރުނީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މަސައްކަތްކުރަން ދިޔަ ޓީމުގައި ހިމެނޭ އެންޓީސީސީގެ ހަތަރު ބިދޭސީ މުވައްޒަފުން ޒަހަމްވެފައިވާއިރު، މަރުވި މީހާގެ އިތުރުން ތިން މީހުން އިތުރު ފަރުވާއަށް ސީ އެންބިއުލާންސްގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ރޭއެވެ. 

ކުޑަހުވަދޫން ސީއެންއެމްއާއި ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، އެމީހުން ގެންދަން ސީ އެންބިއުލާންސްގައި ފުރިއިރު ވެސް ދ. އަތޮޅާއި މެދު ރާއްޖެތެރެއަށް ވަރަށް މޫސުން ގޯސް ކަމަށެވެ، މިހެންކަމަމުން އެމީހުން އެންމެ ފުރަތަމަ ގޮސް މަޑުކުރީ ފ. ނިލަންދޫ އަށެވެ. 

"އަދިވެސް މޫސުން ރަނގަޅެއް ނުވޭ. މޫސުން ވަރަށް ގޯސް. އަދިވެސް އެމީހުން ތިބީ ފީއަލީގައި އެޑްމިޓް ކޮށްފަ،" އޮފިޝަލް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ފ. ފީއަލި އަށް ގެންގޮސް އެމީހުން މިހާރު ފީއަލީ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އެމީހުންގެ ހާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމަށް ސީއެންއެމްއާއި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވިއެވެ. އަދި ފަރުވާ ހޯދަމުން ދިޔަ ތިން މީހުންގެ ތެރެއިން އިތުރު މީހަކު މަރުވިކަމަށް ފެތުރޭ ވާހަކައަކީ ދޮގެއްކަަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.  

ސީއެންބިއުލާންސްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަނީ މަރުވި މީހާގެ ހަށިގަނޑާވެސް އެކުކަމަށް ފުލުހުން ބުނެއެވެ. 

12%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް