ads
ދޮންދިގު އަދި އަލްމަގިރި
ދޮންދިގު މައްސަލަ ހައިކޯޓުގައި ހުކުމާ ހިސާބަށް
އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ފުލުސް އޮފިސަރު، އަބްދުއްރަހްމާނު ރަފީއުގެ މައްސަލަ ހައިކޯޓުގައި ހުކުމާ ހިސާބަށް އަތުވެއްޖެއެވެ.

ދައުލަތުން އިސްތިއުނާފު ކުރި މި މައްސަލައިގެ ހުކުމް މާދަމާ ކުރުމަށް ހައިކޯޓުގައިވަނީ ތާވަލުކޮށްފައެވެ. މި ފަދަ މައްސަލަތަކަކީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދާ މައްސަލަތަކެއްކަމުގައިވާތީ މި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތުގެ ތަފްސީލެއް ނުލިބެއެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާކޮށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ރަފީއުގެ މައްޗަށް އިއްވައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ގާޒީއަށް ލިބިދެވޭ އިހުތިޔާރުގެ ދަށުން އެ ކުށުގެ އަދަބު ދެ ދަރަޖަ މަތިކޮށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ޕީޖީ އޮފީހުން އޭރު “ސީއެންއެމް” އަށް ބުނީ، ކްރިމިނަލް ކޯޓުން ރަފީއުގެ މައްޗަށް ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އަދަބާއިމެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މި މައްސަލާގައި މީގެ ކުރިން ހުކުމް އިއްވި ދެމީހުންނަށްވެސް އިއްވާފައިވަނީ ކުޑަ ހުކުމެކެވެ.

މި މައްސަލާގައި އެންމެ ކުޑަ އަދަބެއް އިއްވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށެވެ. އޭނާއަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އޭނާގެ އަދަބު ލުއިވި ސަބަބަކަށް ބުނެފައިވަނީ އެކަމާއި ހިތާމަފާޅުކޮށް، އާއްމުކޮށް މައާފަށް އެދުމުން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް