ads
ބައްދަލުވުމުގައި ހިޔާލުފާޅުކުރި އާންމުންގެ ބޭފުޅެއް
މިނިމަމް ވޭޖް މައްސަލައިގައި ހިތްހަމަނުޖެހުން ބަންޑުން ކޮށްލައިފި
ރައްޔިތުންގެ މަޖިލީހުން ވަނީ މިނިމަމް ވޭޖްގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުން ފެނިގެން ދިޔައީ ރައްޔިތުންގެ ހިތްހަމަނުޖެހުން މިކަމުގައި އޮތް މިންވަރެވެ. ސަރުކާރާއި މަޖިލީހުގެ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރެވެ.
Advertisement

ރައްޔިތުންގެ ހިޔާލު ހޯދުމަށް މި ބައްދަލުވުމުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ ވިޔަފާރިވެރިންގެ ދިފާއުގައި ސަރުކާރުން އަދި މަޖިލީހުން ވިސްނާކަމަށް ބުނެއެވެ.

"ކާކުގެ އިޤްތިސާދެއްގެ ވާހަކައެއްބާއޭ އަޅުގަނޑުމެން މި ދައްކަނީ؟" ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ރައްޔިތަކު ބުންޏެވެ.

އާންމު ފަރާތްތަކުން ފާޅުކުރި ހިޔާލުގައި ބުނެފައިވަނީ، އިގްތިސާދުގެ ވާހަކަ ދައްކާއިރު ދައްކަނީ ހަމައެކަނި ވިޔަފާރިވެރިންގެ ވާހަކަކަމަށާއި، މަސައްކަތް ކުރާ މީހާގެ ވާހަކަ ނުދައްކާ ކަމަށެވެ. އަދި މިނިމަމް ވޭޖްގެ ވާހަކަ ދައްކާއިރު މަސައްކަތްކުރާ މީހާ އުޅޭ ހާލާއި އޭނާގެ ދިރިއުޅުމުގެ ފެންވަރު ހުރިގޮތަށް ރިއާޔަތް ކޮށް ވާހަކަ ނުދެއްކާކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. 

ރޭގެ ބައްދަލުވުމުގައި ބައވެރިވި ބައެއް ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުންގެ ހައްގުގެ ވާހަކަ އަދި އިންސާނީ ހައްގުގެ ވާހަކަ ދައްކަންޖެހޭކަމަށެވެ. އިންސާނީ ހައްގަކީ ހަމައެކަނި ޖަލުގައި ނުތެޅުން ނޫންކަމަށާއި، ހަމަ މުސާރައަކާއި އާއިލާ އާއި ވަގުތު ހޭދަކުރުމަށް ލިބުމަކީވެސް އިންސާނީ ހައްގެއްކަމަށް ބުނެފައިވެއެވެ. 

ރަނގަޅު ޖީލެއް ބިނާނުކުރެވުމަކީ ސަރުކާރަށް އޮތް ނުހަނު ބޮޑު ގެއްލުމެއް ކަމަށް ވެސް ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ރަނގަޅު ޖީލެއް ބިނާކުރުމަށް އާއިލާ އާއިއެކު އެކަށީގެންވާ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. އަދި އެ ފުރުސަތު ނުލިބި ޖީލެއް ހަލާކުވުމުން ދައުލަތަށް ލިބޭގެއްލުން ބޮޑުވާނެ ކަމަށާއި، ރަނގަޅު ޖީލެއް ބިނާކުރެވުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. 

މީގެ އިތުރުން ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ހާލިދާ މި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭ ދިރާސާތަކެއް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ބޭނުންވި ވަރުގެ ނަތީޖާއެއް ނުނެރެވުނު ކަމަށާއި، އެހެން ނަމަވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންނާނެ ލޮޅުން އިގޭކަމަށެވެ. ހާލިދާ ވިދާޅުވީ އެކި ބިލްތަކާއި ބަލިވުމުން ހަރަދުކުރަންޖެހޭނެ ވަރާއި ކެއުމަށް ހަރަދުކުރަންޖެހޭނެ ވަރަށް ބެލުމުން އެންމެ ކުޑައުޖޫރައަށް ލިބުނީ 8600 ރުފިޔާ ކަމަށެވެ. 

"އޭނަ އެސްއެމްއީއެއްގަ މަސައްކަތްކުރާތީވެ އޭނަގެ ބޭސިކް އަސާސީ ކަންތައްތަކުން އޭނަ މަހުރޫމް ވެގެންނުވާނެ ދެއްތޯ."

އެއަދަދު 6400 ރުފިޔާއަށް ކުޑަކުރީ އިގްތިސާދަށް ވަރަށް ބޮޑަށް ބަލާފައިކަމަށް ހާލިދާ ވިދާޅުވި އެވެ. ހާލިދާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށްވެސް އެމީހުންގެ އަސާސީކަންކަން ކުރެވެންޖެހޭ ވަރެއް ލިބެންޖެހޭ ކަމަށެވެ. 

"8600 ރުފިޔާއިން އަޅުގަނޑުމެން ޖެއްސީމަވެސް މިބުނެވެނީ ކެއުމަށް މި އަންނަނީ މަހެއްގެ މައްޗަށް 840 ރުފިޔާ. އެއީ ދުވާލަކަށް 28 ރުފިޔާ އިނގޭތޯ. 6400 ރުފިޔާއަށް ޖެއްސީމަ ޖެހެނީ އެންމެ 20 ރުފިޔާ."

ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި މިނިމަމް ވޭޖާއި ގުޅޭގޮތުން ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ބޮޑެތި ވިޔަފާރިތަކުގެ ކަންބޮޑުވުންތަކުގެ އިތުރުން މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އަޑުއަހާފައިވެއެވެ. އަދި މިއީ މިފަދަ ގޮތަށް މައްސަލައެއްގައި މަޖިލީހުން ފަހުގެ ތާރީހެއްގައި އާންމުންގެ ހިޔާލު ހޯދި ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. 

އަދި ރޭގެ ބައްދަލުވުމުގައި އިކޮނިމިކް މިނިސްޓަރުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންވަނީ އާންމުންގެ ކަންބޮޑުވުންތަކަށް ޖަވާބުވެސް ދެއްވާފައެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް