މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނެފައިވަނީ މިއަދުން ފެށިގެން ޓިކެޓުގެ އަގުތައް ބޮޑު ކޮށްފައިވަނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑު ކުރުމާ ގުޅިގެން ކަމަށެވެ.
އައިއޭއެސްއިން ބުނި ގޮތުގައި މި ބަދަލާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ އަގު ބޮޑުކޮށްފައިވާ ކަމުގައެވެ.
އެގޮތުން ކާޑެއްދުއަށް 180 ރުފިޔާ ބޮޑުކޮށްފައިވާއިރު، އެހެން ސަރަހައްދުތަކަށް ކުރާ ދަތުރުތަކުން 70 ރުފިޔާ ބޮޑުކޮށްފައިވާ ކަމަށް އައިއޭއެސްއިން ބުނެއެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެކު މޯލްޑިވިއަނުން ޓިކެޓުގެ އަގަށް މީގެ ކުރިން ބަދަލުތައް ގެނެސްފައިވެއެވެ.