ads
މަންތާ އެއާލައިނުގެ ބޯޓެއް: ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ލިސްޓުގެ އަށްވަނަ އެ އެއާލައިނަށް ވަނީ ލިބިފައި - ފޮޓޯ:މަންތާ އެއާ
ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ލިސްޓުގެ އަށް ވަނަ މަންތާއަށް
އެއާލައިންތަކުގެ ރަސްމީ ޓްވިޓާ ހެންޑްލްތައް ދިރާސާކޮށްގެން ހެދި ސާވޭއަކުން، ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ރާއްޖޭގެ މަންތާ އެއާ ހިމެނިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓުކުރަމުންދާ އެއާލައިންތަކުން ހިދުމަތް ހޯދާ ކަސްޓަމަރުން އޮންލައިންކޮށް ފާޅުކޮށްފައިވާ ހިޔާލުތައް ދެނެގަތުމަށް ފަހު، އޮސްޓްރޭލިއާގެ ފޮރިން އެކްސްޗޭންޖް ކުންފުންޏެއް ކަމަށްވާ 'އެސް މަނީ' އިން ނެރުނު ރިޕޯޓުގައިވާ ގޮތުން މަންތާ އެއާ ހިމެނިފައި ވަނީ ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ލިސްޓުގެ އަށްވަނައިގައެވެ. އެ އެއާލައިން މެންޝަންކޮށް ކޮށްފައިވާ ޓްވީޓުތަކުގެ 42.3 އިންސައްތައަކީ ޕޮޒިޓިވް ޓްވީޓް ކަމަށް އެ ރިޕޯޓުން ދައްކައެވެ.

'އެސް މަނީ' އިން ބުނެފައިވަނީ ލިސްޓުގައި އެއާލައިންތައް ތަރުތީބުކޮށްފައިވަނީ ކަސްޓަމަރުން ދީފައިވާ ފީޑްބެކްގެ ޕޮޒިޓިވް އަދި ނެގެޓިވް ކަންތައްތަކަށް ބަލައިގެން ކަަމަށެވެ. އެގޮތުން ހޯދިހޯދުންތަކުގެ މައްޗަށް ބިނާކޮށް 'އެސް މަނީ' އިން ވަނީ އެންމެ މަގުބޫލު އަދި އެންމެ ކަމުނުދާ އެއާލައިންތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިނަކަށް 53.4 އިންސައްތަ ޕޮޒިޓިވް ޓްވީޓާ އެކު ހޮވިފައިވަނީ ކެނެޑާގެ 'ބެއާސްކިންސް' އެއާލައިނެވެ. އެންމެ ގިނަ ނެގެޓިވް ޓްވީޓުތަކާ އެކު އިންޑިއާގެ 'ގޯ ފަސްޓް' އެއާލައިން ވެފައިވަނީ އެންމެ ކަމުނުދާ އެއާލައިނަށެވެ. އެ އެއާލައިން މެންޝަންކޮށް ކުރި 73.8 އިންސައްތަ ޓްވީޓަކީ ނެގެޓިވް ޓްވީޓެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްފައިވާ މަންތާ އެއާގެ ހިދުމަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ އެއާލައިނުން ދަނީ ހއ. ހޯރަފުށި، ބ. ދަރަވަންދޫ، ދ. ކުޑަހުވަދޫ ގެ އިތުރުން އައްޑޫ ސިޓީއަށް ދަތުރުތައް ކުރަމުންނެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް