މި ދެތަރިން މިއަދު އުއްޗުއާ ބައްދަލުކުރީ، ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.
ރިސޯޓަށް ދިއުމުން މި ދެތަރިންނަށް މަރުހަބާކީ އުއްޗުގެ ދެ ކަނބަލުންކަމަށް މައުލޫމާތުލިބެއެވެ.
މި ދެތަރިންގެ ޝަރަފުގައި ކުރެންދޫ ރިސޯޓުގައި ގާލާ ނައިޓްއެއް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ދެ ތަރިންގެއިތުރުން މޯލްޑިވިއަން އައިޑަލްގެ ބައެއް ތަރިންވެސް އެ ޝޯގައި ބައިވެރިވާނެއެވެ.
އިންޑިއާގެ މަޝްހޫރު މި ދެތަރިން ތިބޭނީ ހުރަވަޅި އައިލެންޑް ރިސޯޓުގައެވެ.
ދެ ފަންނާނުން ރާއްޖެއައިސްފައިވަނީ އެންޔެލްޕްއިން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ޓްރެކްގައި ބާއްވާ ޝޯގައި ބައިވެރިވުމަށެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސްރީލަންކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ ޑި ސިލްވާ ރާއްޖެއައުމުން ވެސް އުއްޗު ވަނީ އޭނާއާއި ވެސް ބައްދަލުކޮށްފައެވެ.