ads
ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރެވިގެންދާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އިކޮނޮމިކް މިިނިސްޓްރީ
ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރަނީ
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ރެނާޓާސް ކުންފުންޏާ އެކު އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ސޮއިކުރުމަށް ނިންމައިފި އެވެ.
Advertisement

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސްޓްރެޓީޖިކް ޕާޓްނަޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ގަން އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ގަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރުވެސް ޕްރައިވެޓައިޒް ކޮށްގެން ހިންގަމުންދާ އެއާޕޯޓެއް ކަމަށެވެ. 

އެގޮތުން އެ އެއާޕޯޓު ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ސަރުކާރުގެ 70 އިންސައްތަ ހިއްސާ އާއި ކާސާ ހޯލްޑިންގްސްގެ 30 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސޮއި ކުރުމާ ހަމައަށް އާދެވިފައިވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށާއި 28.5 މިލިއަން ޑޮލަރު (439.4 މިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ އެއްބަސްވުމުގައި މި މަހުގެ ފަސްވަނަ ދުވަހު ސޮއިކުރުމަށް ނިންމާފައިވާ ކަމުގައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:

  • އެއާޕޯޓް ކެޕޭސިޓީ - އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
  • އެއާޕޯޓުގެ ޓާމިނަލް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރާނެ
  • ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖް ވަސީލަތްތައް ގާއިމުކުރާނެ
  • ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުން ކުރުމަށް ކޯލްޑް ސްޓޯރޭޖަކާ އެކު، ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ
  • އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރާނެ
  • އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ތަރައްގީކުރާނެ
  • މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓްގެ ދަށުން
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް