ads
ރާއްޖެ އައި ޗައިނާގެ ފުރަތަމަ ކުރޫޒް ލައިނާ ވައިކިން ޔީދުން
732 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެ އެވެ. މި ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފަ އެވެ.
Advertisement

ކްރޫޒްލައިނާ "އެމްއެސް ވިކިންގް ޔި ޑުން" އިން ރާއްޖެ އައި ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން މިއަދު ވަނީ ކްލިއަރެންސްދީފަ އެވެ.

މީގެ ތެރޭގައި 732 ފަތުރުވެރިންނާއި 486 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެންނެވެ.

ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ކްރޫޒްލައިން ވަނީ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ކްރޫޒްލައިންތަކުން 14،847 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8263 ފަތުރުވެރިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;