ads
އެމްއެންޔޫ އާއި ސޮނެވާ ގުޅިގެން ފަތުުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ވަނީ އެއްބަސްވެފައި - ފޮޓޯ:އެމްއެންޔޫ
އެމްއެންޔޫ އާއި ސޮނެވާ ގުޅިގެން ފަތުުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަނީ
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ސޮނެވާ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފްއެވެ. އަދި ސޮނެވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސޮނެވާ ފުޝީގެ ޖެނެރަލް މެނޭޖަރު ޕީޖޭ މަޔާންދީ އާއި ސޮނެވާ ޖާނީގެ ޖެނެރަލް މެނޭޖަރު އެޑީ ޓެހްއެވެ.

އެމްއެންޔޫއިން ބުނީ މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާއި އެކަޑަމީއަށްވެސް ފައިދާ ކުރާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

your imageއެމްއެންޔޫ އާއި ސޮނެވާ ގުޅިގެން ފަތުުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ވަނީ އެއްބަސްވެފައި - ފޮޓޯ:އެމްއެންޔޫ

އެމްއެންޔޫއިން ބުނި ގޮތުގައި މި އެއްބަސްވުމާ އެކު އެ ޔުނިވަސިޓީ އާއި ސޮނެވާގެ ދަރިވަރުންނާއި މުވައްޒަފުންގެ ގާބިލުކަން ތަރައްގީކުރުމަށް މަސައްކަތް ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން އިންޓަންސްއަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް