ads
މުހައްމަދު ނަޝީދު (ކާނަލް)
ކާނަލްއަށް ކުރާ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ އަޑުއެހުމެއް މާދަމާ
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ކާނަލް މުހައްމަދު ނަޝީދުގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ ހެނދުނަށް ތާވަލުކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 9 ޖަހާއިރު ބާއްވަން ކަނޑައަޅާފައިވާ މި އަޑު އެހުންވެސް ކުރިއަށް ގެންދާނީ ސިއްރު އަޑު އެހުމެއްގެ ގޮތުގައެވެ. މި ފަދަ މައްސަލަތައް އާއްމުކޮށް ހުޅުވާނުލައެވެ.

ކާނަލްގެ މައްސަލައިގެ އަޑު އެހުންތައް މިހާރު ގޮސްފައިވާ ހިސާބަކީ، ކާނަލް ނަޝީދު އޭނާ އެ ކުށް ނުކުރާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅި ހިސާބެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ކާނަލްވަނީ ދިފާއީ ހެކި ހުށަހަޅާފައެވެ.

 
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކާނަލްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅި ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެއެވެ. އެއީ މި ޝަރީއަތަކީ ސިއްރުން ކުރިއަށް ގެންދާ ޝަރީއަތެއް ކަމުގައިވާތީއެވެ.

ކާނަލް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އިބްތިދާއީ އަޑުއެހުންވަނީ މިދިޔަ މަހު ބާއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާވަނީ އިންކާރު ކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ކާނަލް އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އޭނާގެ ފަރާތުން ޝަރިއަތުގައިވަނީ މީގެ ކުރިން އެދިފައެވެ. އޭރުގެ ރިޕޯޓްތައް ބުނާ ގޮތުން ނަޝީދުގެ ފަރާތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ އެނަލިސިސްއެއް ހަދާށެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގުމުގައި ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ނަޝީދު ހައްޔަރު ކުރި އެވެ. ނަމަވެސް ތަހުގީގު ނިންމާ، ދައުވާ ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ދޫކޮށްލާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.

މީގެ ތެރެއިން އެއް މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުން ބައެއް ހައިކޯޓުން އުނިވެސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް