ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާއި ވީޑިޔޯތައް ސޯސިއަލް މީޑިޔާގައި ވައިރަލްވެފައިވާ އިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމުރާއި ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ މި ދެތަރިންނާއި އެކު އާއްމްވެފައިވާ ވީޑިޔޯތައް ވެސް ވަނީ ސޯސިއަލް މީޑިޔާގައި ވައިރަލްވެފަ އެވެ.
ސޯސިއަލް މީޑިޔާގައި މި ދެތަރިން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ވީޑިޔޯތައް ވައިރަލްވެފައިވާއިރު، އެރިސޯޓުގައި މި ދެތަރިން ވަނީ އުއްޗުގެ ސަރަފްގައި ޕްރައިވެޓް ޝޯ އެއްވެސް ހުށަހަޅައިދީފަ އެވެ.
ހުޅުމާލޭގައި ބޭއްވި ޝޯއަކަށް މި ދެތަރިން ރާއްޖެ ގެނެސްފައިވާއިރު، މި ދެތަރިން ޗުއްޓީ ހޭދަކޮށްފައި ވަނީ އުއްޗުގެ ހުރަވަޅި އައިލެންޑް ރިސޯޓްގަ އެވެ. މި ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ގާއިމް ކޮށްފައިވާ ރަށެވެ.
މަސްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ އާއި ސްޕަރސިންގަރ ފާއިޒު ވެސް ވަނީ ދާދިފަހުން އުއްޗު އާއި ބައްދަލު ކޮށްފަ އެވެ. މީގެ ކުރިން ވެސް އުއްޗު ވަނީ މަސްހޫރު ޕްރިޔަންކާ ޗޯޕްޅާ އާއި އެކަން ފަދަ މަސްހޫރު އެތައް ފަންނާނުންނަކާއި ރާއްޖޭގައި ބައްދަލު ކުރައްވާފަ އެވެ.