ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ކުރެއްވި ޓްވެޓެއްގައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް ވަނީ އަންހެނުން ބާރުވެރި ކުރުވުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާޗް މަހުގެ 8 ވަނަ ދުވަހެވެ. މިދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
އެގޮތުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގެންދަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކަނބަލުންނަށް ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ.