ads
އެސްޓީއޯއިން އިއުލާނުކުރި ސްކޮލަޝިޕްތަކާ އެކު، އެ ކުންފުނިން ވަޒީފާގެ ޔަގީންކަންދޭ - ފޮޓޯ:އެސްޓީއޯ
ޓެކްނިކަލް ދާއިރާތަކަށް އަންހެނުން ނެރުމަށް އެސްޓީއޯއިން ސްކޮލަޝިޕްތަކެއް
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވާ ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެސްޓީއޯއިން މިއަދު ހާއްސަ ސްކޮލަޝިޕްތަކެއް އިއުލާނުކޮށްފި އެެވެ.

އެސްޓީއޯއިން އިއުލާނުކޮށްފައިވަނީ އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިން އަދި ސެޓްފިކެޓް ތްރީ އިން އިލެކްޓްރޯނިކްސްގެ ކޯހަށެވެ. މި ކޯސްތަކާ އެކު އެ ކުންފުނީގެ ވަޒީފާ ޔަގީންކޮށްދޭ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވަނީ 15 ބައިވެރިންނަށް ކަމަށާއި ކޯސް ފުރިހަމަ ކުރުމުން އެލެވޭޓާ ޓެކްނީޝަން، ސާވިސް ސަޕޯޓް ޓެކްނީޝަންސް ނުވަތަ ޕްރޮޑަކްޓް ސްޕެޝަލިސްޓެއްގެ ވަޒީފާ އަދާކުރެވޭނެ ކަމުގައެެވެ.

މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް ކޯހަށް ހުށަހެޅުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެެވެ. އެ ކުންފުނިން ބުނީ އިއުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ކޯހަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅޭނެ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 1422 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް