ޕްރޮޖެކްޓަށް ކޮންސެލްޓެންސީ ފާމް އެއް ހޯދަން ފިނޭންސް މިނިސްޓްރީން މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ.އެ އިއުލާންގައިވާ ގޮތުން ކޮންސެލްޓެންސީ ފާމުން ކުރަންޖެހޭ ކަމަކީ ޓެންޑަ ޑޮކިއުމެންޓާއި އީއައިއޭ ރިޕޯޓް ތައްޔާރު ކުރުމާއި ތަފްސީލް ޑިޒައިނަށް ހިޔާލު ބަދަލު ކުރުން އަދި ކޮންޓްރެކްޓަރުގެ މަސައްކަތް ހިންގުމެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ކުރިން " އެކްސްޕްރެޝަން އޮފް އިންޓްރެސްޓް " ހުށަހެޅަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައި ވެއެވެ.
ހުޅުމާލެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މިހާރުވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4000 ފުލެޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.