އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްއެމްއޭގެ މުވައްޒަފުންނާއެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އެ އޮތޯރިޓީން ބުނީ އަންހެން ކަނބަލުން ނެތްނަމަ އެ އިދާރާ މިއަދު އެގޮތުގައި ނޯންނާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްއެމްއޭއިން ބުނީ އެތަނުގައި ވަޒީފާ އަދާކުރާ ގާތުންދޭ ހުރިހާ މައިންނަށް މީގެ ކުރިން ދެނީ އެއް ގަޑިއިރުގެ ވަގުތެއް ކަމަށާއި، މިހާރު ދެ ގަޑިއިރުގެ ހުސްވަގުތެއް ދޭން ނިންމާފައިވަ ކަމަށެވެ.
ވަޒީފައިގެ މާހައުލުގައި އަންހެނުން ބާރުވެރި ކުރުމަށް އެމްއެމްއޭ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މީގެ ކުރިން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީވެސް އެމްއެމްއޭކަމަށް އެއިދާރާއިން ބުނެއެވެ.
އެމްއެމްއޭ އަކީ އަންހެނުންގެ ކުރިއެރުމަށް އިސްކަންދޭ އިދާރާއެކެވެ. އެގޮތުން އެއިދާރާގެ އިސްމަގާމްތަކެއް އަންހެން ކަނބަލުން ވަނީ ފުރުއްވާފައެވެ.