ads
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަނުގެ ތެރެއިން - ފޮޓޯ:ދިރާގު
ދިރާގުން ޖެންޑަ އިންކްލޫސިވިޓީ އިތުރުކުރުމަށްވެފައިވާ ވައުދު އާކޮށްފި
ދިރާގުން ޑިޖިޓަލް ޒަމާނުގައި ޖެންޑަ އިންކްލޫސިވިޓީ އިތުރުކުރުމަށްވެފައިވާ ވައުދު އާކޮށްފިއެވެ.
Advertisement

ދިރާގުން ބުނީ މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް އެ ކުންފުނިން ފާހަގަކޮށްފައިވަނީ ޑިޖިޓަލް ޒަމާނެއްގައި ޖެންޑަ އިންކްލޫސިވިޓީ އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ މި މައުލޫ އާ ގުޅިގެން އެކި ދާއިރާތަކުގެ ލީޑަރުންނާ އެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައި ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނެފައިވަނީ އެ އިވެންޓުގެ ކީނޯޓް ސްޕީޗް ދެއްވާފައިވަނީ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި ޑިޖިޓަލް އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުމާއި ޖިންސުގެ ހަމަހަމަކަން އަދި ޖެންޑަ އިންކްލޫސިވިޓީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageއަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަން އިވެންޓުގެ ކީނޯޓް ސްޕީޗް ޖެންޑަ މިނިސްޓަރު ދެއްވަނީ - ފޮޓޯ:ދިރާގު

ދިރާގުން ބުނި ގޮތުގައި އެ ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު، ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް، ދިރާގުގެ ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން، ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ-ފައުންޑަރު އައިޝާ އަދްނާނުގެ އިތުރުން އައިލެންޑަސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އަދްލީ ރަޝީދު ކަމުގައެވެ. އެ ޕެނަލް މޮޑަރޭޓްކުރައްވާފައިވަނީ ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ޕެނަލްގައި ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ ޖިންސުގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން އިލްމީ، އިގުތިސޯދީ، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުގެ ނަޒަރުން ބަލާ މިކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް އެއްޗެއް ނޫން ކަމާއި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީއަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭގޮތުން ވެސް އެ ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަގެ އިސް ފަރާތްތަކުގެ އިތުރުން މަތީ ސާނަވީ މުއައްސަސާތަކާއި ޔުނިވަސިޓީތަކުގެ ޒުވާނުން އެ ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށެވެ. ޖެންޑަ އިންކްލޫސިވިޓީ ކަށަވަރު ކުރުމަށާއި ހުރިހާ ފަރާތްތައްވެސް ހަމަހަމަވާ ގޮތަށް ސިސްޓަމް ފަރުމާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ އުފާވެރި ހަބަރު ޕެނަލިސްޓުން ދެއްވާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

your imageބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަނުގެ ތެރެއިން - ފޮޓޯ:ދިރާގު

ދިރާގުން ބުނީ އެ ޕެނަލް ޑިސްކަޝަނުގެ އިތުރުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ. އެ އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން، މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޖެންޑަ އެކްޝަން ޕްލޭނުގެ އަޕްޑޭޓެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ހުރިހާ އަންހެން މުވައްޒަފުންނަށް އާ ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ. އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް އިލްމު ލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ހާވަޑް، އައިބީއެމް އަދި ގޫގުލްއިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ އެ ކުންފުނިން ދައްކައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ އިވެންޓް ނިންމާލާފައިވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަކޮށްފައިވާ ހެނދުނުގެ ނާސްތާއަކުން ކަމަށާއި އެބައި ކުރިއަށް ގެންގޮސްފައިވަނީ ވިމެން އެންޓަޕްރެނިއަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކަމަށެވެ.   އަންހެނުން ބާރުވެރި ކުރުވުމާއި ހާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް ފާހަގަކުރަނީ ޖިންސުގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް