ads
ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް
އާލިއާ ބަޓްއާއި ރަންބީރު ކަޕޫރު ކޯޓަށް
ޕަޕަރާޒީ ނޫސްވެރިން އެމީހުންގެ 'ޕްރައިވަސީ' އަށް އަަރައިގަތްކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރި ދެ ތަރިންކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު ކޯޓަށް ދާން ނިންމައިފިއެވެ.
Advertisement

މީގެ ހަފްތާތަކެއް ކުރިން އާލިއާ ބަޓްގެ ޕްރައިވެސީއަށް (ޒާތީ ދިރިއުޅުމަށް) އަރައިގަތް ކަމަށް ތުހުމަތުކުރެވެނީ އިންޑިއާގެ މަޝްހޫރު ޕަބްލިކޭޝަނެއްގެ ޕަޕަރާޒީންނެވެ. 

ތުހުމަތު ކުރެވޭ ގޮތުގައި އެމީހުން ފޮޓޯނަގާފައިވަނީ އާލިއާ ބަޓް ސިޓިންރޫމް ތެރޭގައި ހުއްޓަ އެވެ. މިހާރު އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު ވަނީ އެ ހާދިސާއަށް ރިއެކްޓްކޮށްފައެވެ. 

"ޕްރައިވެސީއަށް އަރައިގަތުމަކީ ހުތުރު ކަމެއް. އަހަރުމެން މި މައްސަލައިގައި ގާނޫނީގޮތުން އަޅަން ޖެހުނު ފިޔަވަޅުތައް އަޅަމުން މިގެންދަނީ. މި މައްސަލައިގައި ގެންގުޅޭނީ ޒީރޯ ޓްލަރެންސް ޕޮލިސީއެއް،" ރަނބީރު ކަޕޫރު ބުންޏެވެ.

ރަންބީރު ބުނީ އެނާގެ ގެއަށް ބަޔަކު ވަނުމުން ބަޑިނުޖެހި ނަމަވެސް، ޕަޕަރާޒީންގެ ފަރާތުން ފެނުނު އަމަލަކީ ވަރަށް ވެެސް ހުތުރު އަަމަލެއް ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި ކޯޓަށްގޮސްގެން ވިއަސް ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ރަންބީރު ބުންޏެވެ. 

ރަންބީރު ބުނީ އެނާ ޕަޕަރާޒީންނަށް ވެސް އިހުތިރާމްކުރާކަމަށެވެ. އެހެން ނަމަވެސް މީހުންގެ ޒާތީކަންކަމަށް އަރައިގަންނަ ދެތިން މީހެއްގެ ސަބަބުން އެންމެންގެ އަގު ގެއްލޭކަމަށެވެ. 

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އާލިއާ ބަޓް ސިޓިންރޫމްގައި އުޅެނިކޮށް، ޖެހިގެން ހުރި އަވަށްޓެރިއެއްގެ ގޭގެ ޓެރަހަށް އަރައި ދެ ޕަޕަރާޒީ ނޫސްވެރިއަކު ފޮޓޯ ނަގަން ހުއްޓާ ފެނުނީ އާލިއާ ބަޓް އަށެވެ. އޭނާ ވަނީ އެ މައްސަލަ މުމްބާއީ ފުލުހުގައި ވެސް ޖައްސާފައެވެ.  

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް