ads
ރަޝިއާގެ އެންމެ ފަހުގެ ފައިޓަރ ޖެޓެއް
އީރާނަށް ފައިޓަޖެޓް ވިއްކަން ރަޝިއާއިން އެއްބަސްވެއްޖެ
ރަޝިއާގައި އުފައްދާ ސުހޯއީ ސޫ-35 ފައިޓަ ޖެޓްތައް އީރާނަށް ވިއްކުމަށް ރަޝިއާއިން އެއްބަސްވެފައިވާ ކަމަށާއި އެކަމާއި ގުޅޭ ޑީލް މިހާރު ނިމިފައިވާކަމަށް އީރާނުން ބުނެފިއެވެ.
Advertisement

ރަޝިއާގެ ފައިޓަ ޖެޓް ގަތުމުގެ އެއްބަސްވުން ފައިނަލްކޮށްފައިވާ ކަމަށާއި މިއީ ދިފާއީގޮތުން ދެ ގައުމު އެއްބާރުލުން ދިނުމުގެ އިތުރު ހރުފަތެއްކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ޔުކްރެއިން ހަނގުރާމަ ފެށުނުފަހުން ރަޝިއާއާއި އީރާންގެ އަސްކަރީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން ޔުކްރެއިން ހަނގުރާމާގައި އީރާންގެ ހާމިދު ކަމިކާޒޭ ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ރަޝިއާއިން ދަނީ ހިފަމުންނެވެ.

ބަދަލުގައި އީރާނުން މަސައްކަތް ކުރަމުން ދިޔައީ ރަޝިއާގެ ޒަމާނީ ފައިޓަޖެޓްތައް ހޯދުމަށެވެ. އީރާން އިރާގް ހަނގުރާމައަށް ފަހު، އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއިއެކު ޒަމާނީ ހަތިޔާރު ގަތުމަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބުން، އީރާންގެ ވައިގެ ސިފައިންގެ ފްލީޓްވަނީ ވަރަށް ބޮޑަށް މުސްކުޅި ވެފައެވެ.

އެހެންކަމުން ޒަމާނީ ފައިޓަ ޖެޓް އީރާނަށް ލިބުމަކީ އެގައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

އަނެއްކޮޅު ރަޝިއާގެ ފައިޓަ ޖެޓް އީރާނަށް ލިބިދާނެތީ އެމެރިކާއާއި ހުޅަނގުން އަދި މެދުއިރުމަތީގެ ޔަހޫދީ އާބާދީ އިސްރާއީލުން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން ރަޝިއާއިން އީރާނަށް ޒަމާނީ ފައިޓަ ޖެޓް ވިއްކަން ނިންމުމަކީ ހުޅަނގާއި އެމެރިކާ އަދި އިސްރާއީލަށް ކެތް ކުރެވޭވަރުގެ ކަމަކަށް ނުވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް