ads
ދިރާގާއި އެޗް ވަން ސްރީލަންކާ އާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ވަނީ ނިންމާފައި - ފޮޓޯ:ދިރާގު
ދިރާގާއި އެޗްވަން ސްރީލަންކާއިން މައިކްރޮސޮފްޓް ސޮލިއުޝަންސް ރާއްޖެ މާކެޓަށް
ދިރާގާއި އެޗް ވަން ސްރީލަންކާ އާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެނައުމަށް ނިންމައިފިއެވެ.

އެޗް ވަން އަކީ ސްރީލަންކާގެ ލީޑިން ޓިއަ ވަން މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.

ދިރާގުން ބުނީ މި ޕާޓްނަޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޮޑަން ވޯކް ކްލައުޑް، މޮޑަން ވޯކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއަ)، މޮޑަން އެޕް ޑިވެލޮޕްމަންޓުގެ އިތުރުން ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

"ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީލަންކާ އާއެކު ޕާޓްނަޝިޕް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ ކުންފުނީގެ ތަޖުރިބާ އާއެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން. މި ޕާޓްނަޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް އަޅުގަނޑުމެން ދީފައި ވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ހިދުމަތް ފޯރުކޮށްދިނުމަށް،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ ދިރާގާއިއެކު ހެދުނު ޕާޓްނަޝިޕަކީ ރާއްޖޭގެ މާކެޓުގައި ބައިވެރިވުން ފުޅާކުރުމުގައި އެޗް ވަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާ އާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާ އެކު އޮންނަ ގުޅުމާ އެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ސުޕުން ވީރަސިންހަ ވިދާޅުވި އެވެ.

"ދިރާގާ އެކު ޕާޓްނާވެ ޓެކްނޮލޮޖީ ސޮލިއުޝަންތައް ރާއްޖޭގެ މާކެޓަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމަ އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީގެ ހިދުމަތްތަކާ އެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." އެޗް ވަންގެ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވިއެވެ.

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އިތުރު ހައްލުތަކެއް ހޯދައިދިނުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރު ކަމަށް ދިރާގުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް