ads
މީރާގެ މުވައްޒަފުން ހިދުމަތް ދެނީ: ނިމިދިޔަ މަހު މީރާއަށް 1.72 ބިލިއަން ރުފިޔާ ބަލައިގަނެފައިވޭ - ފޮޓޯ:މީރާ
މިދިޔަ މަހު މީރާއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަނެފި
ނިމިދިޔަ މަހު މީރާއަށް 1.72 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
Advertisement

އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 18.6 އިންސައްތަ އިތުރު އަދަދެއް ކަމުގައެވެ. އެހެންނަމަވެސް، މިއީ ފެބްރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 20.8 އިންސައްތަ ދަށް އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މި އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. 

އަދި ޖެނުއަރީ 2022 އާ އަޅާބަލާއިރު، ޖެނުއަރީ 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9 އިންސައްތަ އިތުރުވެފައިވުމާއި މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަަނަ ދުވަހުން ފެށިގެން ޖީއެސްޓީ ރޭޓް ބޮޑުވުމަކީ ފެބްރުއަރީ މަހު ލިބުނު އާމްދަނީ ނިމުނު އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.

މީރާއިން ބުނި ގޮތުގައި މިިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުއަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ދަށްވުން ކަމުގައެވެ.

މި ކަމުގެ މައިގަނޑު ސަބަބަކީ، މިއަަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީގެ ރޭޓަށް އައި ބަދަލާ އެކު، ޖެނުއަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީއެސްޓީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖެނުއަރީ މަހުގައި ލިބިފައިވާތީ، ފެބްރުއަރީ މަހު ލިބޭނެކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ލިބުނު ޖީއެސްޓީ މަދުވުން ކަމުގައި މީރާއިން ބުނެއެވެ. އެ އޮތޯރިޓީން ބުނީ ޖީއެސްޓީގެ ގޮތުގައި ޖެނުއަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށް ވުރެން 73 އިންސައްތަ އިތުރަށް ލިބިފައިވާ ކަމަށެވެ. މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެން ފެބްރުއަރީގެ ނިޔަލަށް ލިބިފައިވާ ޖީއެސްޓީގެ އަދަދު އިތުރުކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ފެބްރުއަރީ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.

ފެބްރުއަރީ މަހު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:  

  • ޖީއެސްޓީ: 1.18 ބިލިއަން ރުފިޔާ (68.9 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކްސް: 182.04 މިލިއަން ރުފިޔާ (10.6 އިންސައްތަ)
  • ގްރީން ޓެކްސް: 91.87 މިލިއަން ރުފިޔާ (5.4 އިންސައްތަ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 81.87 މިލިއަން ރުފިޔާ (4.8 އިންސައްތަ)
  • ޑިޕާޗަ ޓެކްސް: 78.84 މިލިއަން ރުފިޔާ (4.6 އިންސައްތަ)
  • އެހެނިހެން ޓެކުހާއި ފީ: 98.55 މިލިއަން ރުފިޔާ (5.7 އިންސައްތަ)

މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް