ads
ޑރ.އަބްދުﷲ މައުސޫމް
ލަންކާ މިނިސްޓަރަށް މައުސޫމް ރައްދު ދެއްވައިފި
ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ގައުމުތަކުން އެގައުމެއްގެ ޓުއަރިޒަމް ކުރިއަރުވަން ބަލާ މިންގަޑު ކަމަށް، ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެ، ސްރީލަންކާގެ ޓްއަރިޒަމް މިނިސްޓަރަށް ރައްދު ދެއްވައިފި އެވެ.

ޑރ.މައުސޫމް މިހެން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަށް ވަނީ ވޯލްޑް ޑްރެވަލް އެވާޑްސް އިން  ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވާޑް 2020، 2021 އަދި 2022 ވަނައަހަރު ހޯދާފައި ކަމަށާއި، މިކަމާއި އެއްވެސް ބަޔަކު ހަސަދަވެރިވާނަމަ، އެބަޔަކު ލޯގަނޑެއްގެ ކުރިމައްޗަށް ހުއްޓި ހުރެ އަމިއްލަ ނަފްސަށް ބަލާލުން ރަނގަޅުވާނެކަމަށް ވެސް މި ޓްވީޓްގައި ޑރ.މައުސޫމް ފާހަގަކޮށްފައިވެއެވެ.

ޑރ.މައުސޫމް ވަކި ފަރާތަކަށް ނިސްބަތް ނުކޮށް މިފަދައިން ވިދާޅުވިނަމަވެސް، ބޮޑަށް ބެލެވެނީ މިއީ ސްރީލަންކާގެ ޓްއަރިޒަމް މިނިސްޓަރ ހެރިން ފެނާންޑޯ ދިވެހިރާއްޖޭގެ ޓުއަރިޒަމް އާއި ބެހޭގޮތުން ދެއްކެވި ވާހަކައަށް ނިސްބަތްކޮށް ކޮށްފައިވާ ޓްވީޓެއް ކަމަށް ބެލެވެއެވެ. 

ހެރިން ފެނާންޑޯގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ހަމައެކަނި ރާއްޖޭގެ ބީޗްތައް ތަޖުރިބާ ކޮށްލަން ކަމަށާއި އެކަމަށް ގިނަވެގެން ހޭދަކުރަނީ ގާތްގަނޑަކަށް ފަސް ދުވަސް ކަމަށާއި، އެހާހިސާބުން އެމީހަކު ފޫހިވެ، އިތުރަށް ކުރާނެ ކަމެއް ނޯންނާނެކަމަށް ފާހަގަކުރެއްވިއެވެ. 

މިކަމުގެ ސަބަބުބް ސްރީލަންކާގެ ޓުއަރިޒަމް މިނިސްޓަރ އަށް ސްރީލަންކާގެ ރައްިޔިތުންނާއި އަދި ދިވެހި ގިނަ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް