ads
ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
ޒީރޯ ޓޮލަރެންސް އޮތީ ކަރަޕްޝަން ހުއްޓުވަން އުޅޭ މީހުންނާމެދު: އަފީފް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ސީރޯ ޓްލޮރެންސް ގެންގުޅެނީ ކަރަޕްޝަން ހުއްޓުވަން އުޅޭ މީހުންނާމެދު ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

އަފީފް މިއަދު މިހެން ވިދާޅުވީ ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސް ކޮޕރަޕްޝަންގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ބައިވެރިވުމާގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އަފީފު ވިދާޅުވީ، ކަރަޕްޝަނުގެ އަމަލުތައް ހިނގާ މީހުންނާމެދު 'ޒީރޯ ޓޮލަރެންސް' ގެންގުޅޭނަކަމަށް ވިދާޅުވެފައި އޮތް ނަމަވެސް އެކަން އެގޮތައް ކުރާތަން ނުފެންނަކަމަށެވެ. އަދި ރާއްޖޭގައި ކަރަޕްޝަންގެ ވަބާ އަނެއްކާވެސް އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. 

"ކަރަޕްޝަން ހިންގާ ފަރާތްތަކާ ދޭތެރޭގަ އެ ޒީރޯ ޓޮލަރެންސް އެއް ނެތް. ސަރުކާރުގެ ކޮންމެ ފަރާތަކަށް ބަލާލިކަމަށް ވިއަސް އަޅުގަނޑުމެންނަށް ފެންނަނީ ކޮރަޕްޝަންގެ އަމަލުތައް އެކިގޮތްގޮތައް ހިންގާތަން،" އަފީފުވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮރަޕްޝަން ފަދަ އަަމަލުތައް ހުއްޓުވަން ޖެހޭބައެއް ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކައިފިނަމަ އެ މެންބަރަކީ 'އިދިކޮޅު މެންބަރެއް' ކަމަށް ބުނެ ލޭބަލް ކުރާކަމަށެވެ. 

"އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ މީހަކު ރުޅިއަޔަސް މި ދަންނަވާ ވާހަކަ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެންނަށް ރައްޔިތުން ހަވާލުކުރި ޒިންމާއަކީ މިފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރުން،" އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕަށް ނިސްބަތްވާ އަފީފް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ ކަރަޕްޝަނުގެ ތުހުމަތުކުރެވެނީ މިނިސްޓަކަށް ވިއަސް ނުވަތަ މަޖިލީހުގެ މެންބަރެއް ކަމަށްވިއަސް އެކަން ބަލަންޖެހޭނެކަމަށެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް