ads
މި އަހަރުގެ 'އެންޑޯމާޗް ޑޭ' ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެންޑޯ މޯލްޑިވްސް އާއި އެޗްޑީސީ ގުޅިގެން - ފޮޓޯ:އެންޑޯފައުންޑް
އެންޑޯ މޯލްޑިވްސް އާއި އެޗްޑީސީ ގުޅިގެން ރާއްޖޭގައި 'އެންޑޯމާޗް ޑޭ' ފާހަގަކުރަނީ
އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޑޯ މޯލްޑިވްސް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ރާއްޖޭގައި އަލަށް 'އެންޑޯމާޗް ޑޭ' ފާހަގަކުރުމަށް ނިންމައިފިއެވެ.
Advertisement

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ 'އެންޑޯމެޓްރިއޯސިސް ޑޭ' އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހެވެ. މި ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ބާއްވައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ތަހައްމަލުކުރަމުންދާ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި އަހަރުގެ 'އެންޑޯމާޗް ޑޭ' ފާހަގަކުރުމުގެ ގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހާއްސަ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީ ބުނީ މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއް ސަރަހައްދުން ކަމަށެވެ. ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެ ކޯޕަރޭޝަނުގެ މި އަހަރުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އެންޑޯ މޯލްޑިވްސް އާއި އެ ކޯޕަރޭޝަނާ ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖޭގައިވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބިއިރު، އަދިވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި މި ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވާކަމީ ކަންބޮޑުވުމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނީ މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ، މި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރާ ކަމަށެވެ.

އެންމެން އެކުގައި، އެތައް ސަތޭކަ އަހަރެއްގެ ހިމޭންކަމާއި ހިތާމަ އާއި ލަދުވެތިކަން ނިމުމަކަށް ގެނެސްދޭ ޖީލަކަށް ވުމަށް އެ ކޯޕަރޭޝަނުން ވަނީ ގޮވާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް