ads
އާޖެންޓީނާގެ ސަޕޯޓަރުން
އާޖެންޓީނާ މެޗުގެ ޓިކެޓް މިނިޓެއް ތެރޭ ވިކިއްޖެ
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު އާޖެންޓީނާއިން ކުޅޭ ފުރަތަމަ މެޗުގެ ޓިކެޓް، މިނިޓެއް ތެރޭ ވިކި ހުސް ވެއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހު ޕެނަމާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ ފްރެންޑްލީ މެޗަކީ ވޯލްޑްކަޕަށް ފަހު އާޖެންޓީނާއިން ކުޅޭ ފުރަތަމަ މެޗެވެ. މި މެޗު އޮންނާނީ އާޖެންޓީނާގައެވެ. މި މެޗަށް ވިއްކަން ކަނޑައެޅި 63000 ޓިކެޓްވަނީ މިނިޓެއްގެ ތެރޭ ވިކި ހުސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި މެޗުގެ ޓިކެޓް ހޯދުމަށް 1.5 މިލިއަނަށްވުރެ ގިނަ މީހުން އެދިފައިވާއިރު މެޗު ކުޅޭ ސްޓޭޑިއަމްގެ ކެޕޭސިޓީއަކީ 83000 މީހުންގެ ޖާގައެވެ. އޭގެ ތެރެއިން 63000 މީހުންގެ ޓިކެޓް މިހާރު ވިކިފައިވާއިރު، ބާކީ 20000 ޓިކެޓަކީ ސްޕޮންސަރުންނަށް ރިޒާވްކޮށްފައިވާ ޓިކެޓެވެ. 

މި މެޗަށް މީޑިއާތަކުންވެސް 150000 މީހުން ރަޖިސްޓްރީ ކުރަން ހުށަހެޅިއެވެ. އެހެންނަމަވެސް ދަނޑުގެ މީޑިއާގެ ޖާގައަކީ300 އެއްހާ ޖާގައެވެ. 

ވޯލްޑްކަޕަށް ފަހު އާޖެންޓީނާއިން ކުޅޭ ފުރަތަމަ މެޗަށް ސަޕޯޓަރުންގެ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާއިރު، މި މެޗުގެ ޓިކެޓެއްގެ އަގަކީ 245 އެމެރިކާ ޑޮލަރެވެ. މިއީ ނިސްބަތުން އާޖެންޓީނާގައި ވަރަށް ބޮޑު އަގެކެވެ. އެހެންނަމަވެސް އާޖެންޓީނާއަކީ ފުޓްބޯޅައަށް މަރުދޭ ބަޔަކު އުޅޭ ގައުމަކަށްވެފައި، އަދި ވޯލްޑްކަޕަށް ފަހު އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ މެޗު ކަމަށްވުމުން ޓިކެޓްގެ އަގާމެދު އާޖެންޓީނާގެ ސަޕޯޓަރުން ނުވިސްނައެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް