ads
ހިމަންދޫ މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރަނީ - ފޮޓޯ:ސްޓެލްކޯ
ރޯދައަށް ބައެއް ރަށްރަށުން ވީ ތައްޔާރީތަކަށް ސްޓެލްކޯގެ އެހީތެރިކަން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި ސްޓެލްކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
Advertisement

ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ހިދުމަތް ދެމުން ގެންދާ ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިޖުތިމާއީ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.

އެގޮތުން އއ. ހިމަންދޫގެ މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ވަނީ އެ ރަށު މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ކުނބުރުދޫ މިސްކިތުގެ ވަށާފާރު ދޮވެ ސާފުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްދީފައިވާ ކަމަށެެވެ. އެ ކުންފުނީގެ ފަރާތުން ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކޮށްދީފައިވާ ކަމަށާއި މިސްކިތުގައި މައްސަލަ ޖެހިފައިވާ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

your imageކުނބުރުދޫ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ކުރަނީ - ފޮޓޯ:ސްޓެލްކޯ

އެ މަސައްކަތްތަކުގެ އިތުރުން ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާ އެކު، އެ ރަށު މިސްކިތަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެކުރިންވެސް ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރަށްރަށުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން ކ. ހިންމަފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގެ ދެ ގޮނޑުދޮށެއް ސާފުކުރުމަށް ހިންގި ހަރަކާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ރަށު ފެންވަރުގައި ހިންގޭ މި ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް