މިގޮތުން އޭއާރު ރަހުމާން އިސްލާމްވީ ކީއްވެތޯ ބަލައިލުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 'އޯމް ބުކްސް އިންޓަނޭޝަނަލް' އިން ޕަބްލިޝްކޮށްފައިވާ، "އޭއާރް ރަހުމާން ދަ ސްޕީރިޓް އޮފް މިއުޒިކް" އަށް ދީފައިވާ އިންޓަވިއެއް ލޮލުގައި އަޅައިގަތެވެ.
އެ ފޮތުގައި ކޮށްފައިވާ އިންޓަވިއުގައި ބުނާގޮތުން އޭއާރު ރަހުމާންގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވުމުން އާއިލާއަށް މާލީ ގޮތުން އެތައް ޕްރެޝަރެއް ކުރިމަތިވިއެވެ. އޭރު އެއާލިއާގައި އޭނާގެ ބައްޕަގެ ހަތަރު ކުދިން ވެސް ތިއްބެވެ.
އޭއާރު ރަހުމާން އިސްލާމް ދީނަށް ވެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރީ ކަރީމުالله ޝާހު ޤަދްރީގެ ކިޔާ ދީނީ އިލްމުވެރިއެކެވެ. އިސްލާމް ވުމަށްފަހު ދިލިޕް ކުމާރު އަކީ އިސްލާމީ ނަމަކަށް ނުވާތީ އެނާގެ ނަން ބަދަލުކުރިއެވެ.
ދިލިޕް ކުމާރު މިހާރު މަޝްހޫރުވެފައިވަނީ އިންޑިއާގެ އެންމެ އިސް އެއް ކޮމްޕޯސަރު ކަމަށްވާ އައްލާރަހާ ރަހުމާންގެ ނަމުން ނުވަތަ (އޭއާރު ރަހުމާން) ގެ ނަމުންނެވެ.
މި ހާ ހިސާބުން އެ "އޭއާރް ރަހުމާން ދަ ސްޕީރިޓް އޮފް މިއުޒިކް" ފޮތުގައި ރަހްމާން އާއި ކޮށްފައިވާ އިންޓަވިއުއަށް ޖެހިލާނަމެވެ.
އިސްލާމް ދީނުގެ ސަބަބުން ތިބާގެ ނަޒަރިއްޔާތަށް އަސަރުކޮށްފައިވޭތަ؟
އިސްލާމް ދީނުން އަޅުގަނޑަށް ދަސްވެފައިވަނީ ވާރޭއާއި އިރުގެ ސަބަބުން މީހުންގެ މެދުގައި ތަފާތު ނުވާ ފަދައިން އަޅުގަނޑުމެންނަށްވެސް ތަފާތު ނުކުރެވޭނެ ކަން. ސަގާފަތްތަކުގެ މެދުގައި އެކުވެރިކަން ތަޖުރިބާ ކުރެވުމުން އެކަނި ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް ރަނގަޅު މީހުން ގިނަކަން ވިސްނޭ...
އާލިއާއަށް ދިމާވި ދަތި ދުވަސްތަކުގައި އިސްލާމް ދީން އެހީތެރިވެ ދިނީ ކިހިނެތް؟
އާދެ، މުޅިންވެސް އިސްލާމް ދީނުން ލިބުނީ އެހީތެރިކަން. މަންމައަކީ ހިންދޫއެއް... މަންމައަކީ އަބަދުވެސް ރޫހާނީ ގޮތުން ކަންކަމަށް ލޯބިކުރާ މީހެއް. އަޅުގަނޑުމެން ބޮޑުވި ގޭގެ ފާރުތަކުގައި ހިންދޫ ދީނީ ތަސްވީރުތައްވެސް ހުރޭ އަދި އެހެން ދީންތަކުގެ ތަސްވީރުތައް ވެސް ހުރޭ. މަންމަ މަރިޔަމް އީސާގެފާނުގެ އަތުގައި ހިފައިގެން ހުރި ތަސްވީރަކާއި މައްކާ އާއި މަދީނާގެ މުޤައްދަސް ތަންތަނުގެ ފޮޓޯއެއް ވެސް އޭރު ވެސް ގޭގެ ފާރުގައި ހުރޭ. އެއީ ހިންދޫ ދީނުގެ އިތުރުން ކްރިސްޓިއަން ދީނާ އިސްލާމް ދީނުގެ ތަސްވީރުތަކެއް.
ކަރީމުالله ޝާހު ޤަދްރީ އެދުނީ އިސްލާމްދީން ގަބޫލުކުރަން ހެއްޔެވެ؟
ނޫން، އޭނާއެއް ނޭދޭ އިސްލާމްވާކަށް. އެއްވެސް މީހަކު އަހަރެން އިސްލާމްވާކަށް މަޖުބޫރެއް ނުކުރޭ. އިސްލާމް ދީނަށް ތަބާވާން ވާނީ އެއްވެސް މަޖުބޫރުކަމެއް ނެތި. އަޅުގަނޑުމެންނަށް ޤާދްރީ ޝޭހާ ބައްދަލުވިތާ އަހަރެއް ފަހުން، 1987 ވަނަ އަހަރު، އިސްލާމްދީން ގަބޫލުކުރީ ހަމަ ޤަދްރީ ޝޭހުވެސް ހުއްޓަ، މިހާރުވެސް ދިރިއުޅޭ ގޭތެރޭގަ. އިސްލާމްވުމުން ރޫހާނީ ގޮތުން މަންމައާއި އަޅުގަނޑު ވެސް ކުރިއެރި. އެއީ އެންމެ ރަނގަޅު މަގެއް ކަމަށް އަޅުގަނޑުމެންނަށް ހީވުމުން އިސްލާމްދީން ގަބޫލުކުރީ.
ދީން ބަދަލުވުމުގެ މީހުންނާ އޮންނަ ގުޅުމަށް އަސަރުފޯރިތަ؟
ބައްޕަ ނިޔާވުމުން އާއިލާ މަސައްކަތް ކުރަން ފެށިއިރު ތިބީ އެއްވެސް މީހަކަށް ބަރޯސާވެފައެއް ނޫން. ވަށައިގެން ތިބި އެއްވެސް މީހަކު ހަގީގަތުގައި ފަރުވާލެއް ނުބަހައްޓަން. އަޅުގަނޑަކީ މިއުޒީޝަނެއް ކަމުން އެކަމުގެ ސަބަބުން އިތުރު އިޖުތިމާއީ މިނިވަންކަމެއް ލިބުނު.
މުހިއްމު ކަމަކީ ހަމަހަމަކަމާއި މާތްاللهގެ އެއްކައުވަންތަކަން އެނގުން. ތިބާއަކީ ކާމިޔާބު ހޯދި މީހެއް ކަމުގައި ވިޔަސް ނުވަތަ ބަލިވި މީހެއް ކަމުގައި ވިޔަސް، ރަސްކަލެއް ކަމުގައި ވިޔަސް ނުވަތަ އަޅެއް ކަމުގައި ވިޔަސް، ކުރު ކަމުގައި ވިޔަސް އިސްކޮޅުން ދިގު މީހެއް ކަމުގައި ވިޔަސް، މުއްސަނދި ކަމުގައި ވިޔަސް ނިކަމެތި ކަމުގައި ވިޔަސް، ފާފަވެރިއެއް ކަމުގައި ވިޔަސް ސާހިބެއް ކަމުގައި ވިޔަސް، ހުތުރު ކަމުގައި ވިޔަސް ނުވަތަ ރީތި ކަމުގައި ވިޔަސް، ކޮންމެ ކުލައެއް ކަމުގައި ވިޔަސް، މާތްالله އަހަރެމެންގެ މައްޗަށް ހައްދެއް ނެތް ލޯތްބާއި ރަހްމަތް އުފުއްލަވާ. އެއީ އަހަރެމެންގެ ނާގާބިލުކަމުގެ ސަބަބުން، ނޭނގޭ ކަންތައްތައް ފެނުމުގައި ލޯމަރާލުމުގެ ސަބަބުން އަހަރެމެންގެ އީމާންތެރިކަން ގެއްލިގެން ދަނީ.
ދީން ބަދަލުވުމާއެކު އޭ އާރް ރަހްމާން ކިޔަން ފެށުނު. އެއީ ކިހިނެތް ވީކަމެއް؟
ހަގީގަތަކީ އަހަރެންގެ ނަން 'ދިލިޕް ކުމާރު' ދުވަހަކުވެސް އަހަންނަކަށް ކަމަކުނުދޭ. މޮޅު މިއުޒީޝަން ދިލިޕް ކުމާރަށް އެއްވެސް އިޙްތިރާމެއް އަޅުގަނޑުގެ ހިތުގަ އޭރު ނެތް! ދިލިޕް ކުމާރު އެ ނަން އަހަރެންގެ އަމިއްލަ ނަފްސާއި މެދު ހުރި ތަސްވީރާ އެއްގޮތެއްނުވޭ.
އިސްލާމް ދީނުގެ މަގުގައި ދަތުރު ފެށުމުގެ ދުވަސްކޮޅެއް ކުރިން، މަންމަ ކައިވެނި ކުރަން ބޭނުންވާތީ، ދޮށީ ކޮއްކޮގެ ހޮރޮސްކޯޕް ދައްކަން ފަލަކީ އިލްމުވެރިއެއްގެ ގާތަށް ދިޔައިން. މިއީ ގާތްގަނޑަކަށް އަހަރެންގެ ނަން ބަދަލުކޮށް އާ އައިޑެންޓިޓީއެއް ހޯދުމަށް ޝައުގުވެރިވި ދުވަސްވަރު. ފަލަކީ އިލްމުވެރިޔާ އަހަރެންނަށް ބަލާލަމުން ބުނީ ‘މި ނަންތައް ވަރަށް ޝައުގުވެރި’ ކަމަށެވެ. އެ ނަންތަކަކީ: “ޢަބްދުއްރަހްމާން” އަދި “އަބްދުއްރަހީމް” އެވެ. ލަފާދެއްވީ، އެއިން ކޮންމެ ނަމެއްވެސް އަޅުގަނޑަށް ރަނގަޅުވާނެކަމަށް. ވަގުތުން ލޯބިވީ “ރަހްމާން” އެ ނަމާމެދު. އެއީ އަޅުގަނޑުގެ މުސްލިމް ނަން އަޅުގަނޑުގެ ނަން ދިނީ ހިންދޫ ފަލަކީ އިލްމުވެރިއެއް.
ދެން މަންމައަށް ވިސްނުނީ އެ ނަމަށް އިތުރުކުރަން “الله ރަޙްމާ” [މާތްރަސްކަލާނގެ ރައްކާތެރިކުރައްވާފައިވާ މީހާ] އިތުރުކުރަން ޖެހޭނެ ކަމަށް. މަންމަގެ އެ އިންޓިއުޝަން އާއެކު އަޅުގަނޑު ވެގެން ދިޔައީ އާރް ރަހްމާން އަށް"