ads
ފިލްމީ ތަރި އަދި ފިލްމު މޭކާ އަހުމަދު އާސިމް
ރޯދަ މަހުގެ އެންމެ ދުރު ހަނދާނަކީ ސަންގު ފުމޭ ހަނދާން: އާސިމް
ރޯދަ މަހުގެ އެންމެ ދުރު ހަނދާނަކީ ސަންގު ފުމޭ ހަނދާން ކަމަށް މަޝްހޫރު ފިލްމީ ތަރި އަދި ފިލްމު މޭކަރު އަހުމަދު އާސިމް ބުނެފިއެވެ.

ސީއެންއެމްއިން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުއެއްގައި އާސިމް ބުނީ އެނާ އެންމެ ކުޑައިރުގެ ހަނދާނަކީ މިސްކިތުން ސަންގު ފުމެންދެން މަޑުކޮށްގެން ތިބޭ ހަނދާންކަމަށެވެ. 

"ސަންގު ފުމެންދެން ކުދިން ތިބޭނެ މަޑުކޮށްގެން ރޯދަވިއްލަން. ފުމެލާއިރަށް ހުރިހާއެންމެން ދުވެފަ ގެއަށް ވަންނާނެ،" އާސިމް އޭނާގެ އެންމެ ދުރު ހަދާން ކިޔައިދެމުން ބުންޏެވެ.

އާސިމް ބުނީ އޭނާ އަށް ކުރިން ރޯދަ މަސްތަކުގައި އެންމެ ކަމުދަނީ މަންމެން ތައްޔާރުކޮށްފައި ހުންނަ މީރު ކާނާކަމަށެވެ. ނަަމެވެސް މިހާރު "މީރު ދިވެހި ރަހަ" ގެއްލިފައިވާކަަމަށް ވެސް އާސިމް ބުންޏެވެ. 

އާސިމްއަށް އޭރު ކެވުނު އެންމެ މީރު ހެދިކާތަކުގެ ނަންވެސް އާސިމް ކިޔައިދިނެވެ. 

ރޯދަމަހުގެ އަސްލު މަގުސަދަކީ ހަރަދުކުޑަކުރުން ކަމުގައި ވީނަމަވެސް، މިހާރު ރާއްޖޭގައި ގޭބިސީތަކުން ކުރާ ހަރަދު ބޮޑުކަމުން ރޯދަމަހުގެ އަސްލު މަގުސަދުވެސް އޮޅިފައިވާކަމަށް ވެސް އާސިމް ބުންޏެވެ. 

އާސިމް ސީއެންއެމްއަށް ދީފައިވާ އެކްސްކުލޫސިވް ވީޑިއޯ ބައްލަވައިލެއްވުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް