ads
އިމްރާން
އިމްރާން ޖެހި ޒާތު ލަނޑެއް ޖަހައި ގޯލްކީޕަރަކު ރިކޯޑް ފޮތަށް
ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލް ކީޕަރު އިމްރާން މުހައްމަދުވެސް ޖެހި ލަނޑާ ވައްތަރު ގޮތެއް ހުރި ލަނޑެއް ޖަހައި އާޖެންޓީނާގެ ގޯލް ކީޕަރަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
Advertisement

ރާއްޖޭގެ ގައުމީ މުބާރާތުގައި 2012 ވަނަ އަހަރު އިމްރާންވަނީ ވިކްޓްރީ ކޮޅަށް ، ސައްޕު ޖެހި ބޯޅައިން ލަނޑެއް ޖަހާފައެވެ. މިއީ ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި މި ގޮތަށް ޖެހި ފުރަތަމަ ލަނޑެވެ. 

ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑުން ފުރުސަތު ހޯދި ލަނޑަކީ ޗިލީގެ އެއްވަނަ ޑިވިޝަނުގެ މެޗެއްގައި ގޯލް ކީޕަރު ގޯލް ކިކަކުން ޖެހި ލަނޑެކެވެ. އިމްރާންގެ ލަނޑާ މި ގޯލްކީޕަރުގެ ލަނޑުގެ ތަފާތަކީ އިމްރާން ޖެހީ ސައްޕެކެވެ. އަދި އާޖެންޓީނާގެ މި ކީޕަރު ޖެހީ ގޯލް ކިކެކެވެ. ދެ ބޯޅަވެސް ގޮސްވަނީ އިދިކޮޅު ގޯލަށެވެ. 

އާޖެންޓީނާއަށް ނިސްބަތްވާ ލިއޮނާޑޯ ރެކޫނާ ކިޔާ މި ގޯލް ކީޕަރު ޖެހި ލަނޑަކީ 101 މީޓަރު ދުރުން ޖެހި ލަނޑެއްގެ ގޮތުގައިވަނީ ރެކޯޑް ކުރެވިފައެވެ. އަދި މިއީ އެންމެ ދުރުން ޖެހި ލަނޑުގެ ގޮތުގައި ރިކޯޑް ފޮތުގައިވަނީ މިހާރު ހިމަނާފައެވެ. 

މި ލަނޑު ޖެހުމާހަމައަށް އެންމެ ދުރުން ޖެހި ލަނޑުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 96 މީޓަރު ދުރުން ޖެހި ލަނޑެކެވެ. އެއީ އިގިރޭސި ހަތަރުވަނަ ޑިވިޝަނުގައި ޖެހި ލަނޑެކެވެ. 

އިމްރާންގެ ލަނޑުވެސް އޭރު ރިކޯޑު ފޮތުގައި ހިމަނަން އެ މައުލޫމާތު ހިއްސާ ކުރިނަމަ ރިކޯޑް ފޮތަށް އެރުމުގެ ފުރުސަތު އޮތެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް