ސީއެންއެމް އިން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭ ރޯދައިގެ ހަނދުމަ ސީރީޒް އަށް ދިން އިންޓަވިއުއެއްގައި މަރީ ބުނީ ރޯދަމަހުގެ އެންމެ ދުރުހަނދާނަކީ ބައްޕައާ ޖެހުނު ކޫސަނި މައްސަލައެއްގައި މަންމަ ގެއިން ނުކުމެގެން ދިޔަ ހަނދާންކަމަށެވެ.
މަރީ ބުނީ އެ މައްސަލައިގައި އޭނާގެ މަންމަ ގެއިން ނުކުމެގެން ގޮސް ރޯދަ މަސް ނިމެންދެން ވެސް ހުރީ ގެއަށް ނައިސް މަންމަގެ އާއިލާ މީހުން ގާތުގައި ކަމަށެވެ. އެންމެ ފަހުން އޭނާގެ މަންމަ އަނބުރާ ގެއަށް ގެންނަންޖެހުނީ ބައްޕަގޮސް އެތައް މަސައްކަތެއް ކޮށްގެން ކަމަށް މަރީ ބުންޏޭވެ.
މަރީ ވަނީ އޭނާގެ ކުޑައިރުގެ ރޯދަމަސްތަކާއި މިހާރުގެ ރޯދަ މަސްތަކާ ހުރި ތަފާތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.
ރޯދައިގެ ހަނދާންތަކާ ގުޅޭގޮތުން މަރީ ދައްކާފައިވާ ވާހަކަތައް އިތުރަށް ތަފްސީލު ކޮށްލުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑީއޯ ބައްލަވާލައްވާށެވެ.