ads
އިމާދު އަލީ
"ރޯދަމަހުގެ އެންމެ ދުރު ހަނދާނަކީ މިސްކިތު ވަޅުން ސިއްރުން ފެންބުއިން"
ރޯދަމަހުގެ އެންމެ ދުރު ހަނދާނަކީ ކުޑައިރު މަންމަމެން ރޯދައަށް ބެހެއްޓުމުން މިސްކިތު ވަޅުން ވަގަށް ފެންބޯ ހަނދާންކަމަށް، އަރަމުން އަންނަ ފިލްމީ ތަރި އިމާދު އަލީ ބުނެފިއެވެ.

ސީއެންއެމްގެ "ރޯދަ ހަނދުމަ" ސީރީޒްއަށް ދިން އިންޓަވިއުއެއްގައި އިމާދު ބުނީ އޭނާ ކުޑައިރު ރޯދައަށް ބެހެއްޓުމުން ވަރަށް ބޮޑަށް "އަވަދިވާ" ކަމަށެވެ. އެހެން ކަމުން ފެންވަރަން ވަންނަ ވަގުތާއި މިސްކިތް ދޮށަށް ނަމާދުކުރަންދާ ވަގުތު ރޯދަ ވަރުބަލި ފިލުވާލުމަށް ބަނޑުފުރާ ފެންބޯކަމަށެވެ. 

"އެންމެ ކުޑައިރު ހުންނަ ހަނދާނަކީ ވަގަށް ފެންބޯ ހަނދާން. ކުޑައިރު ވީމަ މެންދުރުވާންވާއިރަށް ހާންތިވެގެން ގޮސް ހުންނަނީ ދެ ރޯދަ ހިފާވަރުވެފަ،" ރޯދައިގެ ހަނދާންތައް ކިޔައިދެމުން އިމާދު ބުންޏެވެ.

ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނާ ބުނީ މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާ ކުޑައިރު ރޯދަ މަހު ކުޑަކުދިން ނުކުމެ، "ހިރިޔޯ" ކުޅުމާ "ޕަޗަސް" ކުޅުން ފަދަކަންކަން ކުރާކަމަށެވެ. ނަމަވެސް މިހާރު ރޯދަ މަސްތަކުގައި ކުދިން ރޯދަ ކުރުކުރަނީ ފޯނާއި އެހެނިހެން ސްކްރީންތައް ދޮށުގައި ތިބިގެންކަމަށް އިމާދު ބުންޏެވެ. 

އޭނާ ބުނީ ކުރިން ދިވެހިން ރޯދަމަހު ކުޅޭ ސަގާފީ ކުޅިވަރުތަކުގެ ބަދަލުގައި މިހާރު ބަޔަކު ކުޅިވަރެއް ކުޅުނަސް ކުޅެނީ 'ފުޓުބޯޅަ' ފަދަ ޒަމާނީ ކުޅިވަރުތައް ކަމަށެވެ. 

އިމާދު ސީއެންއެމްއަށް ދީފައިވާ އިންޓަވިއު ބަލާލުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް