ads
އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް 'މައިޑިއާ' ބްރޭންޑުގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:ދިރާގު
ދިރާގު ބޮޑު ހަދިޔާއަށް ކޮންމެ ހަފުތާއަކު 'މައިޑިއާ' މެގަ ހޯމް ޕެކެއް
މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކުވެސް 'ބޮޑު ހަދިޔާ' އެއް ދިނުމަށް ނިންމާފައެވެ.

ދިރާގުން ބުނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ގެންގުޅޭ އެކްޓިވް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ހަތަރު ފަރާތަކަށް 'މައިޑިއާ' ބްރޭންޑުގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝަ، އަވަން، މައިކްރޮވޭވް، އެއަ ޕިއުރިފަޔަ އަދި ވެކިއުމް ކްލީނަ ފަދަ ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި އެ ކުންފުނީގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ލިބިގެންދާނެ ކަމުގައެވެ.

ދިރާގުން ބުނީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންދާ ކަމަށެވެ. އެ ކުންފުނިން އެދެނީ މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް