ads
ފިލްމީ ތަރި ނަތާޝާ ޖަލީލް
އެންމެ މިސްވަނީ ރޯދަމަހު ލިބުނު އިސްބަގުލު ފަނި ފުޅި: ފިލްމީ ތަރި ނަތާ
ރޯދަމަހުގެ ހަނދާންތަކުގެ ތެރެއިން އެންމެ މިސްވަނީ އޭނާއަށް ކުޑައިރު ރޯދަވިއްލަން ކޮންމެ ދުވަހަކު އޭނާގެ ބައްޕަ ގެނެސްދިން އިސްބަގުލު ފަނި ފުޅި ކަމަށް މަޝްހޫރު ފިލްމީތަރި ނަތާޝާ ޖަލީލް (ނަތާ) ބުނެފިއެވެ.
Advertisement

ސީއެންއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒްއަށް ދިން އިންޓަވިއުއެއްގައި ނަތާ ބުނީ އޭނާ ކުޑައިރު މާމަ ހަވާލުކުރާ ތަށިބަރި އެއްގެއިން އަނެއްގެއަށް ލާ ހަނދަންވާކަމަށެވެ. 

"މިހާރު އެކަމެއްވެސް ނޯވޭ. އެއްގެއިން އަނެއްގެއަށް އެއް ޕާޓުމަންޓުން އަނެއް އެޕާޓުމަންޓަށް ތަށިބަރި ފޮނުވައެއް ނުހަދާ. މިހާރު ހީނުވެސްވޭ ރޯދަމަސް އައިހެންވެސް. މަސައްކަތްތައް ވެސް ހުންނަ ގޮތުން ކަންނޭގެ. ކުޑައިރު ރޯދަމަސް ވަރަށް ސްޕެޝަލް ވަނީ ބައިވަރު ސަބަބުތައް ހުރެގެން،" ނަތާ ބުންޏެވެ.

ނަތާ ބުނީ އެނާ ރޯދަމަހެއް އައިސްފިނަމަ އެންމެ ހަނދާންވާ މީހުންގެ ތެރޭގައި މާމައާއި ބައްޕަ ހިމެނޭކަމަށެވެ. އަދި ރޯދަމަހުގެ މަޖާކަން ގެއްލުނީ ބައްޕަ މިދުނިޔެ ދޫކޮށްދިފަ ފަހުންކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އެގޮތުން ނަތާ މިހާރު އެންމެ މިސް ވަނީ ވެސް ރޯދަ ވިއްލަން ބައްޕަ ގެެނެސްދޭ އިސްބަގުލު ފަނި ފުޅި ކަމަށް ވެސް ނަތާ ބުންޏެވެ.

ސީއެންއެމްއަށް ދިން އިންޓަވިއުގައި ނަތާވަނީ އެނާ ކުޑައިރު ރޯދަކުރުކުރުމަށް ކުރާ ބައެއް މަޖާކަންވެސް ކިޔައިދީފައެވެ. 

ނަތާގެ ރޯދައިގެ ހަދުމައާއި މިހަރު އޭނާގެ ރޯދަމަހުގެ ކަންކަން ހުރިގޮތް ބައްލަވާލެއްވުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް