ads
ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ކޮންމެ މީހަކަށް ސިމް ނެގޭނެ ލިމިޓެއް ކަނޑައަޅަނީ
ކޮންމެ މީހެއްގެ ނަމުގައިވެސް މޮބައިލް ސިމް ކާޑް ނެގޭނެ ލިމިޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެކެއްގެ ނަމުގައި ގިނަ ސިމްކާޑުތައް ހުންނަ މައްސަލަ ހައްލުކުރުމަށް، ކޮންމެ މީހަކަށްވެސް ސިމް ކާޑު ނެގޭނެ ލިމިޓެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އިލިޔާސް ވިދާޅުވީ މިމަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްވުމުން ސިން ކާޑުތައް ދޫކުރެވޭނީވެސް ވެރިފައި ކުރުމަށްފަހު، ކަމަށް އިލިޔާސް ވިދާޅުވިއެވެ.

މިއަދު ކޮމެޓީގައި ކުރިއަށް ދިޔައީ ސްކޭމްކޮށް މީހުންގެ ފައިސާ ފޭރޭ މައްސަލާގައި ކޮމެޓީން ބަލަމުންދާ މައްސަލައެވެ. މީގެކުރިން ކޮމެޓީގައި ބައެއް އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، ސްކޭމް ކޯލްތައް ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ތަކެވެ. 

އެގޮތުން އެކެއްގެ ނަމުގައި އެތައް ހާސް ސިމް ކާޑެއް ނަގާފައިވާ މައްސަލަ މީގެކުރިން ކޮމެޓީގައިވަނީ ފެންމަތި ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް