ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއެއްގައި މޫމިން ބުނީ އޭނާގެ ކާފަ ކޮންމެވެސް އަތޮޅެއްގައި އަތޮޅުވެރިކަން ކުރެއްވިއިރު ރޯދަވިއްލާ ވަގުތު އަނަގައިދޭން މީހަކު ސަންގު ފުމެމުން ހިނގާ މަންޒަރު ފެނުނު ކަމަށެވެ.
މޫމިން ބުނީ ސަންގު ފުމޭ ހަނދާން ހުންނަނީ ވަރަށް ކުޑަކުޑައިރު ކަމަށާއި، އޭރު ކެވުނު އެއްޗެހީގެ ރަހަ ހަނދާން ނެތްކަމަށެވެ. ނަމަވެސް އޭރުގެ ކާތަކެތީގައި ލީ ރަހަ މިހާރު ނުލާނެކަން ޔަގީންވާކަމަށް ވެސް މޫމިން ބުންޏެވެ.
ސީއެންއެމްއަށް މޫމިންގެ ހަނދާންތަކާގުޅޭގޮތުން ދީފައިވާ އިންޓަވިއު ބަލައިލުމެއް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ.