ރޭ އާޖެންޓީއިން ކިއުރަސާއޯ އަތުން ހަތެއް ސުމަކުން މޮޅުވި މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ ޖުމްލައަކީ މިހާރު 102 އެކެވެ.
ރޭގެ މެޗަކީ އާޖެންޓީނާއިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ފަހުން އެ ޓީމުން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ޕެނަމާ އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވިއެވެ.
ރޭ ކުޅުނު މި މެޗުގައި މެސީގެ ހެޓްރިކުގެ އިތުރުން ފޯވާޑް ނިކޮލަސް ގޮންޒާލެޒް އާއި މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ވެސް ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހައިފަ އެވެ.
އާޖެންޓީނާ އަށް ދެން ރޭ ލަނޑުތައް ޖަހައިދިނީ އެންހެލް ޑި މާރިއާ އާއި ގިންޒާލޯ މޮންޓިއާލް އެވެ.