ސީއެންއެމްގެ "ރޯދައިގެ ހަނދުމަ" ސީރީޒް އަށް ދިން އިންޓަވިއުގައި ރެކްސް ބުނީ އޭނާ ރޯދަމަސް އައުމުން އެންމެ ހަނދާންވަނީ އޭނާ ރަށުގައި އުޅުނުއިރު މަންމައާއެކު ބަދިގޭގައި ކައްކާ ހަނދާންކަމަށެވެ. އަދި އޭނާ ސްކޫލް ދުވަސްވަރު ރަށުގައި ރަހުމަތްތެރިންނާއެކު ޖެހި ސަކަރާތްމަތިން ވެސް ވަރަށް ހަނދާންވާކަމަށް ވެސް ރެކްސް ބުންޏެވެ.
ގދ. ތިނަދޫ އަށް ނިސްބަތްވާ ރެކްސް ބުނީ އޭނާ އަކީ ވަރަށް މޮޅަށް ކަށްކަން ދަންނަ މީހެއް ކަމަށެވެ. ސަބަބަކީ ރަށުގައި މަންމާއެކު ކައްކައި އުޅުމުންކަމަށެވެ.
ރެކްސް ވަނީ އެނާއަށް ހަދަން ދަންނަ ބައެއް ކާތަކެތީގެ ނަންވެސް ކިޔާފައެވެ.
ސީއެންއެމްއަށް ރެކްސް ދީފައިވާ އިންޓަވިއު ބަލައިލުމަށް މި އާޓިކަލްއާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.