ads
ބީޗް ވޮލީ އިވެންޓެއްގެ ތެރެއިން
ބީޗިސް ސީރީސް ބީޗް ވޮލީ މުބާރާތް މިރޭ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބީޗް ސީރީސްގެ ނަމުގައި އާ މުބާރާތެއް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.

 ބީޗް ސީރީސް އޮންނާނީ ހުޅުމާލޭ ޔޫތު ޕާކް ބީޗް ވޮލީ ކޯޓުގައެވެ.

މުބާރާތް މިރޭ ފަށަން ނިންމާފައިވާއިރު، މުބާރާތުގެ މެއިން ޑްރޯގައި ފިރިހެން 20 ޕެއާ އާއި އަންހެން 14 ޕެއާ ވާދަކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މުބާރާތުގައި ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ވެސް ހުޅުވާލެވިގެން 2x2 އާއި 4x4 ބައި ހިމެނޭ ގޮތަށެވެ. އޯޕަން ޑްރޯ އަކީ 2x2 އެވެ. މި ކެޓަގަރީގައި ނޮކައުޓް އުސޫލުން ފިރިހެން ބައިގައި 20 ޕެއާ ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 14 ޕެއާ ވާދަކުރާނެ އެވެ.

މި މުބާރާތުގައި ވެޓަރަންސް ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ 4x4 ޑިވިޝަނަށް ބަލާއިރު، އަންހެން ބައިގައި ތިން ޓީމު އަދި ފިރިހެން ބައިގައި ހަތަރު ޓީމު ބައިވެރިވެފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މި ފަހަރުގެ ބީޗް ވޮލީބޯޅަ ސީރީސް އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން، ވީއޭއެމް އިން ކަލަންޑަރު ކޮށްގެން ބާއްވާ ގައުމީ ލެވަލްގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތެވެ. މުބާރާތުގެ މެޗުތައް މިރޭ 21:30 ގައި ފަށާއިރު، ޖުމްލަ އަށް މެޗެއް ކުޅެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް