ބާޒާރުގެ އަގުތައް: އަނބުގެ އަގު މައްޗަށް، އެހެން ބާވައްތައް ހިފެހެއްޓިފައި
މުހައްމަދު އަތީފް
31 މާރޗް 2023 - 14:35:34
މިއަދަކީ މި އަހަރުގެ ރޯދަމަހުގެ ދެވަނަ ހުކުރެވެ. ބާޒާރުގައި ލިބެންހުރި ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް އައިސްފައިވަނީ ދިވެހި އަނބުގެ އަގަށެވެ.
އިއްޔެ ދިވެހި އަނބު ކިލޯއެއް ވިއްކަން ހުރީ 80 - 100 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މިއަދު އަނގު ކިލޯއެއް ހުރީ 100 ރުފިޔާ އާއި 120 ރުފިޔާއި ދެމެދުގެ އަގެއްގައެވެ.
އެހެނިހެން ބާވަތްތަކުގެ އަގުތައް ހުރީ އިއްޔެ ހުރި މިންވަރާ ގާތްގަނޑަކަށް އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
ބާޒާރުގައި ހުރި ބައެއް ބާވަތްތަކުގެ ތަކެތީގެ އަގުތަކަށް ބަލާލާއިރު،
- ކަރާ - ކިލޯއެއް ލިބެން ހުރީ 18 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 30 - 40 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 150 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 100 - 120 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ލަންކާ އަނބު - ކިލޯއެއް ވިއްކަނީ 140 ރުފިޔާއަށް
- ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
- ކުއްޅަފިލާ - ބޮނޑިއެއް ވިއްކަނީ 10 ރުފިޔާއަށް
- ލެޓިއުސް - ކިލޯއެއް ވިއްކަމުން ދަނީ 50 ރުފިޔާއަށް
- ބަަރަބޯ - ކިލޯއެއް ލިބެނީ 15 ރުފިޔާއަށް
- ލިނބޯ - ކިލޯއެއް ވިއްކަން ހުރީ 50 -60 ރުފިޔާ އާ ދެމެދުގެ އަގަކަށް
- މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.
67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް