އަޖޭ މިހެން ބުނީ ސީއެންމެ "ރޯދައިގެ ހަނދުމަ" ސީރީޒްއަށް ދިން އިންޓަވިއުއެއްގައެވެ.
އަޖޭ ބުނީ އޭނާ ހަތް ވަރަކަށް އަރަހު ކުރިން ފެނުނު ރަށްރަށް ވެސް މިހާރު ނެތިގޮސްފައިވާކަމަށެވެ. އެ ރަށްރަށަކީ އޭނާ ފަަތުރުވެރިން ގޮވައިގެން ގޮސްފައިވާ ރަށްތައްކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ވަނީ އެފަދަ ރަށްތައް ކުރިން އޮތް ބައެއް ސަރަހައްދުތައް ވެސް ކިޔައިދީފައެވެ.
އަޖޭ ބުނީ ރޯދަ މަހުވެސް ތަފާތު ކެއުންތަކާ މަޖާކުރުމުގެ ހަރަކާތްތައް ކުރިއަށްދާއިރު ވެސް މޫދަށް ކުނިއެޅުން ފަދަ ކަންކަން ކުރުން ހުއްޓާލަންޖެހޭކަމަށެވެ.
ސީއެންއެމްއަށް އަޖޭ ދީފައިވާ އެކްސްކުލޫސިވް ވީޑިއޯ ބައްލަވައިލެއްވުމަށް މި ހަބަރާއެކު ހީރަސްކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ.