އުއްޗުގެ ރިސޯޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ކަނބަލުންނަށް މިއަދު ދެއްވި ރޯދަ ވީއްލުމަކަށް ފަހު، އުއްޗުވަނީ އިބޫ 2023 ޖަހާފައިވާ ޓީޝާޓެއް ރައީސް ސޯލިހްއަށް ވެދުމަށް އަރުވާފައެވެ.
އުއްޗުގެ ތާއީދު ރައީސް ސޯލިހްއަށް ދެއްވާނެކަން މިއަދު ހާމަކުރެއްވިއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްވެސް ވަނީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނުރައްމީކޮށް ފެށި، ކުރިއަށްދާއިރު، އަދާލަތު ޕާޓީއާއި ސަން ޝިޔާމްގެ އެމްޑީއޭއިންވެސް މިހާރުވަނީ ރައީސް ސޯލިހްއަށް ތާއީދުކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު 9 ގައެވެ.