އިއްޔެ ކަރާ ކިލޯއެއް 18 - 20 އާ ދެމެދުގެ އަގަކަށް ވިއްކި ނަމަވެސް، މިއަދު ކަރާ ކިލޯއެއް ވިއްކަމުން ދަނީ 20 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. މިއަދު ކުރުނބަލެއް 25، 30 އަދި 35 ލިބެން ހުރިއިރު، އިއްޔެ ހުރީ 30 - 40 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. ކަންނެލި އަދި ކަނޑުމަސް ކިލޯއެއް އިއްޔެ ވިއްކާފައިވަނީ 30 ރުފިޔާއަށެވެ. މިއަދު ވިއްކަމުން ދަނީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށެވެ.
ބާޒާރުގައި ހުރި ބައެއް ބާވަތްތަކުގެ ތަކެތީގެ އަގުތަކަށް ބަލާލާއިރު،
- ކަރާ - ކިލޯއެއް ލިބެން ހުރީ 20 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 25، 30، 35 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- މުރަނގަތޮޅި - ކިލޯއެއް ވިއްކަން ހުރީ 70 ރުފިޔާއަށް
- މިރުސް - ކިލޯއެއް ވިއްކަމުން ދަނީ 150 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 100 - 120 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ލަންކާ އަނބު - ކިލޯއެއް ލިބެނީ 140 ރުފިޔާއަށް
- ކޮޕީ ފަތް - ތިން ފަތް 10 ރުފިޔާއަށް ލިބޭ
- ކުއްޅަފިލާ - ބޮނޑިއެއް ވިއްކަނީ 10 ރުފިޔާއަށް
- ލެޓިއުސް - ކިލޯއެއް ވިއްކަމުން ދަނީ 50 ރުފިޔާއަށް
- ބަަރަބޯ - ކިލޯއެއް ލިބެނީ 15 ރުފިޔާއަށް
- ލިނބޯ - ކިލޯއެއް ވިއްކަން ހުރީ 50 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް
ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް،
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.